ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގެ އުތުރުގެ ގާޒާ ސިޓީއާއި، ޖަބަލިއާ ހުސްކުރަން ޒަޔަނިސްޓު ސިފައިން އަމުރުކޮށްފި

ޒަޔަނިސްޓު ސިފައިން ގާޒާ ސިޓީއަށް މިއަދު ވަރުގަދަ ހަމަލާތަކެއް ދެމުންގެންދަނީ

ޣައްޒާގެ އުތުރުގެ ގާޒާ ސިޓީއާއި، ޖަބަލިއާއިން މީހުން ހުސްކުރަން ޒަޔަނިސްޓު ސިފައިން އަމުރުކޮށްފިއެވެ.

ޒަޔަނިސްޓު އަސްކަރިއްޔާގެ ތަރުޖަމާނެއް ނެރުނު އަމުރުގައި ބުނެފައިވަނީ، ގާޒާ ސިޓީއާއި، ޖަބަލިއާގައި މިހާރު ތިބި ހުރިހާ އެންމެން ރަށުން ނުކުމެގެން، ޣައްޒާގެ ދެކުނުގެ އަލް މަވާސީއަށް ދިއުމަށެވެ.

އެގޮތުން، ގާޒާ ސިޓީއާއި، ޖަބަލިއާގެ 16 ރަށަކުން މީހުން ނުކުންނަން އަމުރުކޮށްފައި ވެއެވެ.

ގާޒާ ސިޓީއާއި، ޖަބަލިއާގައި ތިބި އެންމެން ރަށުން ނުކުމެގެން ދިއުމަށް ޒަޔަނިސްޓުން އަންގާފައިވާ އަލް މަވާސީއަކީ، އިސްރާއީލުން “ސޭފް ޒޯން” ގެގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެވެ.

ނަމަވެސް، ވޭތުވެދިޔަ ދުވަސްތަކުގައި އަލް މަވާސީއަށް ބޮންއަޅައި އެތައް ބަޔަކު ޝަހީދުކޮށްލާފައި ވެއެވެ.

އަލް މަވާސީގައި އާންމުން ދިރިއުޅެމުންދާ ޓެންޓުތަކަށް ކޮންމެ ދުވަހަކު ގެންދަނީ ވައިގެ ހަމަލާތައް ދެމުންނެވެ.

ޒަޔަނިސްޓު ސިފައިން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި، އެއްގަމުމަގުން ދޭ ހަމަލާތައް މިހާރު ވަރުގަދަ ކޮށްފައި ވާއިރު، އަވަށްތަކަށް ޓޭންކްތަކާއެކު ސިފައިން ވަދެ، ބޮޑެތި އުދުވާނުތައް ހިންގަމުން އެބަ ގެންދެއެވެ.

އަދި، ޚާއްސަކޮށް ޣައްޒާގެ އުތުރުގެ އެތައް ރަށަކުން އާންމުން ނުކުމެގެން ދިއުމަށް ގެންދަނީ އިންޒާރުކޮށް އަމުރު ކުރަމުންނެވެ. ޒަޔަނިސްޓުގެ އިންޒާރުތަކަށް ބައެއް މީހުން ގެދޮރު ދޫކޮށް ދިޔަނަމަވެސް، ގިނަމީހުން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ