ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއަރުވާނެ އޮފީސް އުފެއްދުމަށް ބިލެއް މަޖިލީހަށް ހުށަހަޅައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

ފިކުރީ މުދަލުގެ ޙައްޤުތައް ޙިމާޔަތްކޮށް، ކުރިއަރުވައި، ތަންފީޛުކުރުމަށްޓަކައި “މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް” ގެ ނަމުގައި ޚާއްޞަ އޮފީހެއް ޤާއިމުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އުފެއްދުންތެރިކަމަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމެވެ. މީގެ އިތުރުން، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އޮފީހެއް ޤާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމަކީވެސް މި ބިލުގެ މުގެ މުހިންމު މަޤްޞަދެކެވެ.

މި ޤާނޫނުން ޙިމާޔަތްކޮށްދޭ ފިކުރީ މުދަލުގެ ބާވަތްތަކުގެ ތެރޭގައި ޓްރޭޑްމާކް، ކޮޕީރައިޓް، ޕޭޓަންޓް، އިންޑަސްޓްރިއަލް ޑިޒައިން، އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ.

HajjCop_ads
Advertisement

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދަލާ ގުޅޭ ދަފްތަރެއް އެކުލަވާލުމާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅުން ބަދަހިކުރުމާއި، ފިކުރީ މުދަލާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވުމަށް ކުރަންޖެހޭ ކަންކަން ކުރުން ހިމެނެއެވެ.

މި އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ ރަޖިސްޓްރަރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ. މި މަޤާމަށް މީހަކު ޢައްޔަންކުރުމުގެ ބާރު ލިބިގެންވަނީ އިޤްތިޞާދީ ވަޒީރަށެވެ. ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މި މަޤާމަށް ބޭފުޅަކު ޢައްޔަންކުރަންވާނެއެވެ. ރަޖިސްޓްރަރގެ ދައުރަކީ 5 އަހަރު ދުވަހެވެ. އަދި އޭނާގެ ދައުރު ހަމަވުމުން، އެ މަޤާމަށް އައު ބޭފުޅަކު ޢައްޔަންކުރަންވާނެއެވެ.

ރަޖިސްޓްރަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓަރީކުރުމަށް ހުށަހެޅޭ ހުށަހެޅުންތައް ބަލައިގަތުމާއި، އެފަދަ ހުށަހެޅުންތައް ރައްކާތެރި ނިޒާމެއްގެ ތެރެއިން ޢާންމުކުރުމާއި، ދިރާސާކުރުމާއި، ފިކުރީ މުދަލުގެ ދަފްތަރު ޤާއިމުކޮށް، އަދާހަމަކޮށް އިޞްލާޙުކުރުން ހިމެނެއެވެ.

މި ބިލުގައި ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުމާއި، އިޞްލާޙުކުރުމާއި، މަޢުލޫމާތަށް އުނިއިތުރު ގެނައުމާއި، ރަޖިސްޓްރަރގެ މަސްއޫލިއްޔަތުތަކާއި އޮފީހުގެ މަސައްކަތްތަކާއި ސުލޫކީ މިންގަނޑުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން ތިން މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

މި ބިލުގެ ސަބަބުން ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ހަރުދަނާ ނިޒާމެއް ޤާއިމުވެ، އުފެއްދުންތެރިކަމާއި އީޖާދުކުރުމަށް ހިތްވަރު ލިބި، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރެވެއެވެ. އަދި މި އޮފީސް ޤާއިމުވުމުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ މަޤާމު އިތުރަށް ހަރުދަނާވެ، ފިކުރީ މުދަލާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުވެގެންދާނެކަމަށްވެސް ބެލެވެއެވެ.

މި ބިލަކީ ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑަށް ގެނެވޭ މުހިންމު އިޞްލާޙެއްކަމަށާއި، މީގެ ސަބަބުން ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބި، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮޑިޓް އޮފީހުން ހުށަހެޅި 133.5 މިލިއަންގެ ބަޖެޓް އެ އޮފީހަށް ދޭން ކޮމިޓީން ފާސްކޮށްފި

MP Ali Fazaad

ކުށް ސާބިތު ނުވަނީސް މުދާ ނެގޭނީ ހާއްސަ ހާލަތްތަކުގައި ހައި ކޯޓުގެ އަމުރެއް ލިބިގެން: ފަޒާދު

88887

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ހުށަހެޅި ޕެޓިޝަން މަޖިލިސް ތަޅުމަށް ފޮނުވަން ނިންމައިފި

majilis

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ ކޮންވެންޝަންގައި ބައިވެރިވުމުގެ މައްސަލަ ހާރިޖީ ކޮމިޓީއަށް