ކުއްލި ޚަބަރު

15 ރަށެއްގައި އާންމު ޚިދުމަތް ދޭ ޔުނިޓްތައް ގާއިމްކުރަން ނިންމައިފި

ރޭގެ އެކްސިޑެންޓުގައި އަނިޔާވި 40އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި!

މަގޫދޫ އެއާޕޯޓުގެ ފަޔާ އިމާާރާތުގެ ބިއްލޫރިތައް ތަޅައިލާ އަލިފާން ރޯކުރަން އުޅެފި

15 ރަށެއްގައި އާންމު ޚިދުމަތް ދޭ ޔުނިޓްތައް ގާއިމްކުރަން ނިންމައިފި

121

ރައްޔިތުންނާ ގާތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ޚިދުމަތް ދިނުމަށް ގާއިމުކުރާ ޔުނިޓުތައް ނެތް 15 ރަށުގައި އެ ޔުނިޓުތައް ގާއިމުކުރަން ސަރުކާރުން ނިންމައިފިއެވެ.

ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު އެކްސްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ޚިދުމަތް ދޭނެ ޔުނިޓްތައް ގާއިމުކުރުމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، މިހާރު އެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި އެ ޔުނިޓްތައް ގާއިމުކުރާނެ ރަށްތައް ކަނޑައަޅާފައިވާނެ ކަމަށެވެ.

އެ ރަށްރަށަކީ:

ހއ. ދިއްދޫ ށ. ފުނަދޫ ނ. މަނަދޫ ރ. މާކުރަތު ބ. އޭދަފުށި ޅ. ނައިފަރު ކ. ތުލުސްދޫ އއ. ރަސްދޫ އދ. މަހިބަދޫ ވ. ފެލިދޫ މ. މުލި ފ. ނިލަންދޫ ދ. ކުޑަހުވަދޫ ތ. ވޭމަންޑޫ ގއ. ވިލިނގިލި

އާންމު ޚިދުމަތާ ބެހޭ ސެކްޝަނުން ކުރާ މަސައްކަތްތަކުގެ ތެރޭގައި މަގުތައް މަރާމާތުކުރުމާއި ވެލިމަގު ހެދުމާއި އަލަށް އާބާދުވާ ސަރަހައްދުތަކުގައި ހަދަންޖެހޭ މަގުތައް ހެދުމަށް ޓަކައި ނަގަންޖެހޭ ރުއްގަސް ނެގުމާއި ޗަކަ ބިންތަކަށް ވެލި އަޅައި، ބިންގަނޑު އެއްވަރުކުރުމާއި ކާނުތައް ސާފުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

އެ ޚިދުމަތް ދޭ ޔުނިޓްތައް ގާއިމުކުރުމަށް ބޭނުންވާ މީހުންނާއި ވަސީލަތް ހޯދުމުގެ އިދާރީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

ވަގުސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މައްސަލަތަކުން ގެއްލުންވި ފައިސާ ހޯދައިދީފި

ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ސަޢުދީ ސަފީރާއެކު މަޝްވަރާކުރައްވައިފި

ރޭގެ އެކްސިޑެންޓުގައި އަނިޔާވި 40އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި!

މަގޫދޫ އެއާޕޯޓުގެ ފަޔާ އިމާާރާތުގެ ބިއްލޫރިތައް ތަޅައިލާ އަލިފާން ރޯކުރަން އުޅެފި

ELL Mobile Advertisement TTH_advertisement