ކުއްލި ޚަބަރު

15 ރަށެއްގައި އާންމު ޚިދުމަތް ދޭ ޔުނިޓްތައް ގާއިމްކުރަން ނިންމައިފި

ރޭގެ އެކްސިޑެންޓުގައި އަނިޔާވި 40އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި!

މަގޫދޫ އެއާޕޯޓުގެ ފަޔާ އިމާާރާތުގެ ބިއްލޫރިތައް ތަޅައިލާ އަލިފާން ރޯކުރަން އުޅެފި

ރޭގެ އެކްސިޑެންޓުގައި އަނިޔާވި 40އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި!

ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުންގެންދާ ކަމަށާއި އަނިޔާވި 16 އަހަރުގެ ކުއްޖާއަށް ފަރުވާދެނި ވޯޑުގައިކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

މާފަންނު ބަސް ޓާމިނަލް ކުރިމަތިން ކަފިހި ހުރަސްކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި އެވަގުތު އެތަނުންދިޔަ ސައިކަލެއްގައި ޖެހި ހިނގި މިއެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު ވަނީ ނިޔާވެފައެވެ.

އައިޖީއެމްއެޗުން ވިދާޅުވީ އަނިޔާވެގެން އެހޮސްޕިޓަލަށް ގެންދިޔަ 2 މީހުންގެ ތެރެއިން 40 އަހަރުގެ ފިރިހެން މީހާހެ ހާލު ސީރިއަސްކަމަށާއި އައިސީޔޫގައި އޭނާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައިކަމަށެވެ. އަދި މިއެކެސިޑެންޓުގައި އަނިޔާވެގެން ގެންދިޔަ 16 އަހަރުގެ ކުއްޖާއަށް މިވަގުތު ފަރުވާދެނީ ވޯޑުގައިކަމަށް އެހޮސްޕިޓަލުން ވިދާޅުވިއެވެ.

40 އަހަރުގެ އެ ފިރިހެން މީހާއަކީ މަގު ހުރަސްކުރަސްކުރަނިކޮށް ސައިކަލުން ޖެހުނު ފަރާތެވެ. އަދި 16 އަހަރުގެ ކުއްޖާއަކީ އެކްސިޑެންޓުވި ސައިކަލުގެ ފަހަތުގައި އިން ކުއްޖާއެއެވެ.

އެކްސިޑެންޓުގެ ވީޑިއޯތައް ސޯޝަލް މިޑިއާގައި ދައުރުކުރަމުންދާއިރު، އެ ވީޑިއޯތަކުން ފެންނަ ގޮތުން އެކްސިޑެންޓްވި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އެކްސިޑެންޓްވި ސައިކަލާއި ހެލްމެޓެއްގެ ބައިތައް ވަކިވެ ބިންމަތީގައި ހުރިއިރު، ޕިކަޕުގެ ކުރީކޮޅަށްވެސް ގެއްލުންތަކެއްވަނީ ވެފައެވެ.

މިއެކްސިޑެންޓުގައި ނިޔާވި އަލްސަންއަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންކަމުގައިވާ މަރިޔަމް އަޝްފާ އާއި މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ. އަލްސަން ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަފާޅުކޮށް އާއިލާއަށް ތަޢުޒިޔާކިޔަމުންނެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

121

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރި ޒައިދާނާއި އޭނާގެ އަނބިމީހާ ދޫކޮށްލައިފި

121

15 ރަށެއްގައި އާންމު ޚިދުމަތް ދޭ ޔުނިޓްތައް ގާއިމްކުރަން ނިންމައިފި

Police vcle

ވަގުސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މައްސަލަތަކުން ގެއްލުންވި ފައިސާ ހޯދައިދީފި

ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ސަޢުދީ ސަފީރާއެކު މަޝްވަރާކުރައްވައިފި

TTH_advertisement ELL Mobile Advertisement