ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް

ހުޅުމާލެ ފޭސް އެކެއްގައި ކަފިހި ހުރަހުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށާއި އެ އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:16 ހާއިރު ކަމަށެވެ.

އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ ބަންގުލަދޭޝް ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ލައިސެންސް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެމީހާ ދުއްވި ސައިކަލު، ފުލުހުން ވަނީ ޓޯކޮށްފައެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 59 އަހަރުގެ އަންހެނަކަށް ކަމަށާއި އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ނަމަވެސް އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

އައްޑޫ އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވެންޓިލޭޓަރުގައި

Mussss

އެމްޑީޕީގެ ކެންޑިޑޭޓް ސިބާއަށް އަނިޔާއެއް ނުކުރޭ، ފުލުހުން ހަގީގަތް ހާމަކޮށްފި

98

ސިނަމާލޭ ބްރިޖުގައި ޕިކަޕެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ

1577448047large

ބްރިޖު ލައިޓްކައިރީގައި އެކްސިޑެންޓެއް ހިނގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ