ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުދުއްފުށީގައި އެމްޑީޕީން ޖަލްސާ ބާއްވަން ނިންމީ މާލެއިން ނުކުންނާނެ ބަޔަކު ނުވެގެން: ޝުޖާއު

TTH_Ads
STO_Ads
Advertisement

އިދިކޮޅު އެމްޑީޕީގެ އަހަރީ ދުވަހުގެ ޖަލްސާ ކުޅުދުއްފުށީގައި ބާއްވަނީ މާލެއިން ނުކުންނާނެ ބަޔަކު ނުވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އަށް 20 އަހަރު ފުރުމާއި ގުޅިގެން ކުޅުދުއްފުށީގަައި ބޮޑު ޖަލްސާ އެއް ބާއްވަން ވަނީ ނިންމާފަައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ އެމްޑީޕީން ކުޅުދުއްފުށީގައި މި ޖަލްސާ ބާއްވަނީ މާލެއިން 250 މީހުން އުފުލައިގެން ކަމަށެވެ. އެމްޑީޕީގެ ޝިއާރަކީ “އެކުގައި ގަދަކޮށް” ކަމަށްވާއިރު، ޝުޖާއު ވަނީ އެކުގައި ގަދަކޮށް ތިބޭ މީހުން، އެކަކު އަނެކެއްގެ މޫނަށް ނުބަލާ ތިބެތޯ ވިދާޅުވެ ސުވާލު ކުރަށްވާފައެވެ. ޝުޖާޢު ވިދާޅުވީ އެމްޑީޕީން ކުޅުދުއްފުށީގައި ޖަލްސާ ބާއްވަނީ މާލެ އިން ޖަލްސާ އަށް ދާނެ ބަޔަކު ނުވެގެން ކަމަށެވެ.

HajjCop_ads
Advertisement

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދެވި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅިފައިވަނީ އެމްޑީޕީގެ ތެރޭގައި ބައިބައިވުންތަކެއް ހުރިކަން ދޭހަކޮށްދިނުމުގެ ގޮތުން ކަމަށް ބެލެވޭ ކަމުގައި ޝުޖާއު ވިދާޅުވި އެވެ.

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ބާއްވަން ނިންމި ޖަލްސާއަށް މީހުން ގޮވައިގެން މާލެއިން ފުރަން ތައްޔާރުވި ކުޅުދުއްފުށީ ބާދު ޝާޙް ބޯޓް، ރޭ ފުރަން އޮތް ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ދަތުރު ވަނީ ފަސްކޮށްފައެވެ.

އެމްޑީޕީން ވަނީ ރޭ ބާއްވަން އޮތް ޖަލްސާވެސް ފަސްކޮށްފައެވެ. އެ ޕާޓީން ބުނީ މޫސުން ތަންދޭނަމަ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ކަމަށެވެ. މި ޖަލްސާގައި ބައިވެރިވުމަށް އެ ޕާޓީގެ ލީޑަރޝިޕްގެ ބައެއް އިސްބޭފުޅުން މިހާރުވެސް ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެންފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MDP

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި ބާއްވަން ގައުމީ މަޖިލީހުން ފާސްކޮށްފި

445gf

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބައްދަލުވުންތައް ލައިވްކުރުމަށް އެމްޑީޕީން އެދިއްޖެ

88887

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

Io

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރައްވައިފި