ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޫސުން ރަނގަޅުވަންދެން މޫދު ކުޅިވަރުގެ ހަރަކާތްތައް މަޑުޖައްސާލުމަށް ފުލުހުން އިލްތިމާސްކޮށްފި

މޫސުން ރަނގަޅުވަންދެން މޫދު ކުޅިވަރުގެ ހަރަކާތްތައް މަޑުޖައްސާލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގަދެ ކަނޑު ގަދަ ކަމަށެވެ. އެހެންކަމުން މޫދުކުޅިވަރާއި މޫދުގައި ހިންގާ ތަފާތު އެހެން ހަރަކާތްތައްވެސް މޫސުން ރަނގަޅު ނުވަނީސް ކުރިއަށް ނުގެންދިއުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތަކުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށެވެ. އެ މުއައްސަސާއިން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ ރައްކާތެރިކަމަށްކަން ފާހަގަކުރައްވައި ފުލުހުން ވިދާޅުވީ ކަނޑު ދަތުރުތަކުގައި ފުރުމުގެ ކުރިން މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ބެލުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރޭ ސަމާލުތަކަށް ބަލައި ކަނޑުގަދަ ވަގުތުތަކުގައި ދަތުރުތައް ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރާއިރު ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް އިލްތިމާސްކުރައްވައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ހިސާބުތަކަށް ބޯކޮށް ދަނީ ވާރޭވެހެމުންނެވެ. މިއީ ހުޅަނގު މޫސުމާއި ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ސަރކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ