ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލު ސިފައިން ޣައްޒާގެ އިމާރާތެއް ގޮއްވާލަން ހަރުކުރި ގޮވާތަކެތި ގޮވައި ސިފައިންގެ މީހަކު މަރުވެއްޖެ

ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގައި، ފަލަސްތީނު އާންމުންގެ ގެތަކާއި، އިމާރާތްތަކުގައި ގޮވާތަކެތި ހަރުކުރަން އުޅޭ ޒަޔަނިސްޓު ސިފައިންގެ ގްރޫޕްގެ މީހަކު މަރުވެއްޖެއެވެ.

އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ، ސިފައިންގެ މީހާ މަރުވީ، އިމާރާތެއް ގޮއްވާލުމަށްޓަކައި ގޮވާތަކެތި ހަރުކުރިތާ ދެގަޑިއިރުފަހުން އެއްޗެއް ގޮވައިގެންނެވެ.

މަރުވީ އުމުރުން 21 އަހަރުގެ މީހެކެވެ. އޭނާއަކީ ޣައްޒާގެ ދެކުނުގައި އުޅޭ އިސްރާއީލު ސިފައިންގެ ގޯލާނީ ބްރިގޭޑްސްގެ ޔުނިޓެއްގެ ކޮމާންޑަރެކެވެ.

އެކަމަކު، އިސްރާއީލުގެ ބައެއް މަސްދަރުތަކުން ބުނަނީ، ސިފައިންގެ މީހާ މަރުވީ ހަމާސްއިން އެ އިމާރާތުގައި ކުރިން ހަރުކޮށްފައިވާ ގޮވާތަކެތި ގޮވުމުގެ ސަބަބުން ކަމަށެވެ.

ހަމާސްއިން މިހާރުވަނީ ޣައްޒާގައި ޒަޔަނިސްޓު ދުޝްމަނުންނަށް ދޭ ހަމަލާތައް ވަރަށް ވަރުގަދަ ކޮށްފައެވެ.

ފިލާތިބެ ކުއްލި ހަމަލާ ދިނުމާއި، ތަންތާނގައި ކުރިން ގޮވާތަކެތި ހަރުކޮށް، ދުޝްމަނުން ގާތްވުމުން ގޮއްވާލުމާއި، އެފަދަ ތަނަކަށް އަންނަ ދުޝްމަން ސިފައިންނަށް ހަމަލާދީ ކޮންމެ ދުވަހަކު އެތައް ބަޔަކު މަރަމުން ގެންދެއެވެ. އަދި ޒަޚަމްވެގެން ގެންދާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ޚާން ޔޫނިސްގެ އަބަސާން ސަރަހައްދަށް އެއްވެފައި ތިބި ޒަޔަނިސްޓު ސިފައިންގެ ގްރޫޕަކަށާއި، އެމީހުންގެ ވެހިކަލްތަކަށް އަމާޒުކޮށްވެސް ހަމާސްއިން ވަނީ ވަރަށް ކާމިޔާބު ހަމަލާތަކެއް ދީފައެވެ.

ހަމާސްއިން ވަނީ، ޚާން ޔޫނިސްގައި އިސްރާއީލު ސިފައިންގެ މީހަކު ދިރިހުއްޓާވެސް އަތުލައިގެން ގެންގޮސްފައެވެ.

ނަމަވެސް، އިސްރާއީލުން އޭނާގެ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ