ކުއްލި ޚަބަރު

ގެދޮރުވެރިޔާ ފްލެޓެއް 25،000 ރުފިޔާއަށް ކުއްޔަށްދޭން އިއުލާންކޮށްފި

ފިލިޕިންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ބަދަލުގެ ގޮތުގައި މިދިޔަ ސަރުކާރުން އެއްވެސް ފައިސާއެއް ނުލިބޭ: ސައުދުﷲ

ދަތުގެ ދުޅަހެޔޮކަމަކީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅިފައިވާކަމެއް: ފަސްޓްލޭޑީ

ދަތުގެ ދުޅަހެޔޮކަމަކީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅިފައިވާކަށާއި ދަތުގެ ދުޅަހެޔޮކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ޑެންޓަލް ކޮންފަރެންސް، “ހިނިތުން” ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ރާއްޖޭގައި ދަތުގެ ފަރުވާގެ ޚިދުމަތް ފުރަތަމަ ފަހަރަށް ގާއިމުކޮށް އެ ދާއިރާ ކުރިއެރުވުމުގައި މުޙައްމަދު ސަލީމާއި ޢަލީ ސަލީމް އަދި ޢަބްދުﷲ ސަޢީދު އަދާކުރެއްވި މުހިންމު ރޯލު ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މި ޚިދުމަތް ރާއްޖޭގައި ގާއިމުކުރިތާ 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ދަތުގެ ފަރުވާގެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ރައީސްގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

ރައީސްގެ އަނބިކަނބަލުން ވިދާޅުވީ އޯތޮޑޮންޓިކް ޚިދުމަތްތަކާއި ޕެރިޑޮންޓިކް ކެއާރ ފަދަ ޚިދުމަތްތަކަކީ މިއަދު ސަރުކާރުގެ ހޮސްޕިޓަލްތަކާއި އަމިއްލަ ކްލިކްތަކުންވެސް ފަސޭހައިން ލިބިގެންދާ ޚިދުމަތްތަކެއް ކަމަށާއި ދަތުގެ ފަރުވާގެ ދާއިރާއިން ރާއްޖެއަށް ކުރިއެރުންތައް ލިބިފައިވަނީ އެކުވެރި ޤައުމުތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

ދަތުގެ ފަރުވާގެ ދާއިރާއިން ކުރިއެރުންތައް ލިބިފައިވީނަމަވެސް އަދިވެސް ރަނގަޅު ކުރެވިދާނެ ދާއިރާތައް އެބަހުރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ދަތުގެ ދުޅަހެޔޮކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން، ސްކޫލާއި މަސައްކަތުގެ މާހައުލު އަދި މީޑިއާތަކުގައިވެސް އެ ދާއިރާއިން އާންމުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރަންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ދަތުގެ ދުޅަހެޔޮކަމަކީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމާއި މުޅި ސިިއްޙަތާވެސް ގުޅިފައިވާކަމެއް ކަމަށާއި އެހެންކަމުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި ދަތުގެ ފަރުވާއަކީ އަގުހެޔޮ ޚިދުމަތެއްގެ އިތުރުން ފެންވަރު ރަނގަޅު ޚިދުތަމަކަށް ވާންޖެހޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި އެންމެން ގުޅިގެން ދަތުގެ ފަރުވާގެ ޚިދުމަތްތައް ފަސޭހައިން ލިބިގެންދާނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ގެދޮރުވެރިޔާ ފްލެޓެއް 25،000 ރުފިޔާއަށް ކުއްޔަށްދޭން އިއުލާންކޮށްފި

Main 20251010 170347

ހުޅުމާލެ ހޮސްޕިޓަލްގައި ކަކުލުގެ އާތުރޮސްކޮޕިކް ސާރޖަރީގެ ޚިދުމަތް

hukuru khuthuba

ހަލާލު ގޮތުގައި މުދާ ހޯދުމަކީ، މުދަލުގައި ބަރަކާތްލައްވާނެ ކަމެއް: ޚުތުބާ

minister nazim

ސިއްހީ ދާއިރާގެ ކުރިއެރުމަކީ ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ: ނާޒިމް

TTH_advertisement