ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ އަނބިކަނބަލުން ރަސްމީ ދަތުރުފުޅެއްގައި އައްޑޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީ އަށް ވަޑައިގެންފި އެވެ.

އެކަމަނާ އެ ސިޓީއަށް ވަޑައިގެންނެވީ އައްޑޫ ސިޓީ ފޭދޫ ސިއްޙީ މަރުކަޒުގެ 43 އަހަރީ ދުވަސް ފާހަގަ ކުރަން ބާއްވާ ޚާއްސަ ޙަފުލާ ޝަރަފުވެރިކޮށް ދެއްވުމަށެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެ ސިޓީގެ ގިނަ އަދަދެއްގެ އަންހެނުން ވަނީ އެއާޕޯޓުން އެކަމަނާއަށް މަރުޙަބާ ދަންނަވާފަ އެވެ. އެކަމަނާ ވަނީ މަރުޙަބާ ދެންނެވުމަށް ޖަމާވި މީހުންނާއި ސަލާމް ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދާދި ފަހުން ވަނީ ރަސްމީ ދަތުރުފުޅެއްގައި ކުޅުދުއްފުށި ސިޓީއަށް ވެސް ވަޑައިގެންފަ އެވެ. އެ ސިޓީއަށް ވެސް ވަޑައިގެންނެވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށެވެ.

އެކަމަނާ ވަނީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ވަރަށް ދިގު މުއްދަތަަކަށް ޚިދުމަތް ކުރައްވާފަ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ވަރަށް އިސް މަޤާމުތައް ފުރުއްވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

madam saajida

އަޅުގަނޑުމެން ޖެހޭ ދީނީ ކަންކަމާއެކު ހުރިހާ ޒިންމާތަކެއް ހަމަހަމަ ކަންމަތީގައި ކުރަން: ސާޖިދާ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވުމަކީ، ފަޚުރަކަށް ހަދަންޖެހޭ: ސާޖިދާ

ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

ޑިޖިޓަލް ޕްލެޓްފޯމްތައް، އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަންޖެހޭ: ސާޖިދާ