ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ އުތުރުފަރާތުގެ ބަނދަރު ހިންގަން އެމްޕީއެލްއާ ހަވާލުކޮށްފި

މާލޭގެ އުތުރުފަރާތުގައި ހަދާފައިވާ ބަނދަރު ހިންގުމަށް މޯލްޑިވްސް ޕޯޓް ލިމިޑެޓް (އެމްޕީއެލް)އާ ހަވާލުކޮށްފިއެވެ.

އެމްޕީއެލްއިން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެމެއޯޔޫއެއްގެ ދަށުން މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން، އެމްޕީއެލް ސަރަޙައްދުން ފެށިގެން މަސްމާރުކޭޓް ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮއްޓާ ހަމައަށް މާލޭ އުތުރުފަރާތުގައި ހަދާފައިވާ ބަނދަރުގެ ހިންގުން އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައި ކަމަށެވެ.

އެހެންކަމުން އެ ބަނދަރު ހިންގާނީ މާލޭ ނޯތު ހާބަރުގެ ފަރާތުން ކަމަށް އިއުލާނުގައި ވިދާޅުވެފައިވެއެވެ.

އެ ހާބަރުގައި ރަޖިސްޓްރީކޮށްފައިނުވާ އުޅަނދުތައް އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ކުރިން މާލޭ ނޯތު ހަބާރުގައި ރަޖިސްޓްރީ ކުރުމަށް އިއުލާނުގައި އަންގާފައިވެއެވެ.

ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހާބަރުން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް އެ ހާބަރު ހިންގުމުގެ އުސޫލުގައި ވާގޮތަށް އަމަލުކުރަން ފަށާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. ހާބަރު ހިންގުމުގެ އުސޫލާއި ޓެރިފް ވާނީ ގެޒެޓް ކޮށްފައި ކަމަށް އިއުލާނުގައި ވިދާޅުވެފައިވެއެވެ.

އެ ހާބަރުން ހިދުމަތް ދޭނީ އެ ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށް ކަމަށާއި ހިދުމަތް ހޯދަން ބޭނުންވާ އުޅަނދުފަހަރަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމަށް އިއުލާނުގައި ވިދާޅުވެފައިވެއެވެ.

އެމްޕީއެލްއިން ވިދާޅުވީ އެކަމާ ގުޅިގެން އިތުރު މައުލޫމާތެއް ބޭނުންވާނަމަ، މާލޭ ނޯތު ހާބަރުގެ އޮޕަރޭޝަންސް ނަންބަރު 3006545 އަށް ގުޅުމަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި