ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިނަދޫ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ނިޔާވެއްޖެ

121

ތިނަދޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ގދ. ތިނަދޫ، ތީންމުތީ، އުމުރުން 31 އަހަރުގެ ޒާހިޔާ ނިޔާޒުއެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ މިދިޔަ އޭޕްރީލް 27 ވަނަ ދުވަހުގެ 15:47 ހާއިރު، ތިނަދޫ ހުކުރު މިސްކިތް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެވެ. މި އެ އެކްސިޑެންޓްގައި ޒާހިޔާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

ޒާހިޔާއަށް ފުރަތަމަ ފަރުވާ ދިނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައެވެ. އޭގެފަހުން ހާލު ސީރިއަސްވެ އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އިތުރުވާއަށް އިންޑިއާއަށް ގެންދިޔައެވެ.

ޒާހިޔާ ނިޔާވީ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މާލެ އައިފަހުން ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ޒާހިޔާގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭގެ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައި އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 07 at 00.18.07

ހައިވޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދެ މީހަކަށް ފަރުވާދެނީ

Laamu link road

ލާމު ލިންކުގައި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެެއްޖެ

1577448047large

ބްރިޖު ލައިޓްކައިރީގައި އެކްސިޑެންޓެއް ހިނގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

778

އޭދަފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ