ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބްރެޒިލްއިން ކަންކުރަވީގޮތެއް އެމެރިކާއިން ކިޔައިދޭކަށް ނުޖެހޭނެ: ބްރެޒިލްގެ ރައީސް

ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަސިލްވާ ވ

ބްރެޒީލްއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 50 އިންސައްތަ ޓެރިފްސް (އިމްޕޯޓް ޓެކްސް) ނަގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިނަމަ، އެކަމުގެ ބަދަލުގައި ހަމަ އެފަދަ ފިޔަވަޅުތަކެއް އަޅުއްވާނޭ ކަމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަސިލްވާ ވިދާޅުވެއްޖެއެވެ.

ބްރެޒިލްގެ ރައީސް މިފަދައިން ވިދާޅުވީ، އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީއާ ގުޅޭގޮތުން ގައުމުތަކަށް ފޮނުވަން ޓްރަމްޕްގެ ސަރުކާރުން ތައްޔާރުކޮށް އާންމުކުރަމުންދާ ސިޓީތަކުގެ ތެރެއިން ބްރެޒީލްއަށް ފޮނުވަން ތައްޔާރުކުރި ސިޓީއާ ގުޅިގެންނެވެ.

ޓްރަމްޕްގެ ސިޓީތަކުގެ ތެރެއިން 50 އިންސައްތަ އިމްޕޯޓް ޓެކްސް ނަގަން ކަނޑައަޅާފައިވަނީ ހަމައެކަނި ބްރެޒީލުންނެވެ. އެހެން އެއްވެސް ގައުމަކަށް އެ އަދަދު ހިމަނާފައެއް ނުވެއެވެ.

ބްރެޒީލުން އެމެރިކާއަށް އެތެރެކުރާ މުދަލުން 50 އިންސައްތަ އިމްޕޯޓް ޓެކްސް ނަގަން ޓްރަމްޕް ނިމެވި މައިގަނޑު އެއް ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ، ބްރެޒީލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ބަޣާވާތެއް ކުރަން އުޅުއްވިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ޝަރީއަތް ކުރިއަށްގެންދާ މައްސަލައިގައެވެ.

ޖައިރް ބޮލްސޮނާރޯއަކީ ޓްރަމްޕާ ގާތް ގުޅުންތަކެއް އޮންނަ ބޭފުޅެކެވެ.

މިކަމާ ގުޅިގެން ބްރެޒިލްގެ ރައީސް ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަސިލްވާ އެކްސްގައި އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ،

ބަޣާވާތުގެ ތުހުމަތު ކުރެވިފައިވާ މީހުންގެ މައްޗަށް ޝަރީއަތް ހިންގުމާއި ނުހިންގުމަކީ ބްރެޒިލްގެ ޖުޑިޝަރީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުފޫޒުފޯރުވައި، އިންޒާރުދީ، ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއަޅަން މަސައްކަތް ކޮށްގެން ނުވާނޭ ކަމަށެވެ.

ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަސިލްވާ ވިދާޅުވީ، ބްރެޒިލްއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، އެގައުމުން ކަންކުރަންވީގޮތް ބޭރުން ބަޔަކު ކިޔައިދޭން ނުޖެހޭނޭ ކަމަށެވެ.

ލޫލާ ވިދާޅުވީ، ބްރެޒިލްއާ ދެކޮޅަށް އެމެރިކާއިން އަޅާ ފިޔަވަޅުތަކާ ދެކޮޅަށް އަމަލުކުރާނީ ބްރެޒިލްގެ އިކޮނޮމިކް ރެސިޕްރޮސިޓީ ގާނޫނުގެ ދަށުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޚަރްޖަށް ހަމަލާދިން މިސައިލްތައް އައީ ޔޫއޭއީން: އާންމުން ދުރަށްދާން އީރާނުން އަންގައިފި

ހަމަލާދިނަސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތެއް ނުހުއްޓޭ، އީރާނު މިކަމުން އަރައިގަންނާނެ: އީރާނުގެ ރައީސް

އީރާނުގެ ރައްދު ހަމަލާތައް ހައްތަހާ ވަރުގަދަކުރަނީ، އިއްޔެއާއި ރޭ އީރާނަށް ބޮޑެތި ކާމިޔާބީތަކެއް

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ