ކުއްލި ޚަބަރު

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

146 ފަތުރުވެރިންނާއި އެކު ޗައިނާގެ ޝެންޒެންއިން ރާއްޖެ އައި މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓަށް ހޫނުމަރުހަބައެއް!

ޗައިނާގެ ޝެންޒެންއިން އައި މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓްގައި 146 ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ. ޗައިނާގެ ޝެންޒެންއަށް މޯލްޑިވިއަންގެ ފްލައިޓް ރާއްޖެއިން ފުރާފައި ވަނީ ޖުލައި ހަތް ވަނަ ދުވަހެެވެ. މި ދަތުރުތައް ކުރަނީ ތައިލެންޑްގެ ބެންކޮކްގައި ޓްރާންސިޓް ކުރުމަށް ފަހުއެވެ. އަންނަ މަހުގެ 21 ގެ ނިޔަލަށް ކުރާ ސީޒަނަލް ދަތުރުތަކުގައި ކޮންމެ ހަފްތާއަކު އެއް ދަތުރު ކުރާނެއެވެ. އެ ސިޓީއަށް ދަތުރު ފެށީ މިދުވަސްވަރު އެ ސަރަހައްދުން ރާއްޖެއަށް އަންނަން ޑިމާންޑް ބޮޑުވުމުންނެވެ. މިގޮތުން މިއަދު ހެނދުނު ޝެންޒެން އިން ރާއްޖެ އައި ފުރަތަމަ ފްލައިޓްގައި 146 ފަތުރުވެރިން އައިސްފައިވާއިރު، މިފަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރޭގައި އައިލާތަކާއި ކުޑަކުދިން ގިނަކަން ފާހަގަކޮށްލަން ޖެހެއެވެ.
މި ފްލައިޓް ރާއްޖެ އައުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަތުރުވެރިންނަށް ރަތް ފިނިފެންމަލުގެ ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

ޝެންޒެން ދަތުރުތަކަށް މޯލްޑިވިއަނުން ބޭނުންކުރާނީ އެ އެއާލައިންގެ ފްލީޓްގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ބޯޓު އޭ-320 މަރުކާގެ މަތިންދާބޯޓެވެ.
މޯލްޑިވިއަންގެ ސީޒަނަލް ދަތުުރުތައް ޗައިނާގެ ޝެންޒެންއަށް ފަށާފައިވާއިރު މޯލްޑިވިއަން އިން އަންނަނީ އެ އެއާލައިންގެ ފުރަތަމަ ވައިޑްބޮޑީ އެއާކްރާފްޓް، އޭ-330 ގައިި ޗައިނާގެ ޗެންގްޑޫ، ބެއިޖިން އަދި ޝެންހާއީއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. މޯލްޑިވިއަންގެ ސީދާ ދަތުރުތައް އަނެއްކާވެސް ޗައިނާގެ މަންޒިލްތަކަށް ފަށާފައި ވަނީ ޖަނަވަރީ މަހު އެ ކުންފުނީގެ ފްލީޓަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށަނީ

މޯލްޑިވިއަނުން ޑާކާއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި

ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި

B 202507231026431753248403.0421

މޯލްޑިވިއަނުން ޖިއްދާއަށް 20 ފްލައިޓް

TTH_advertisement