ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކޮށް ނިމޭނެ: ފަހުމީ

121

މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކޮށް ނިމޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ފަހުމީ މިއަދު ވިދާޅުވީ، ސްޓެލްކޯގެ ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކޮށް، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ. އަދި ސްމާޓް އެޕްލިކޭޝަނުން ކަސްޓަމަރުންނަށް މީޓަރުގެ މައުލޫމާތު ފެންނަން ހުންނާނެ ކަމަށާއި، ގަޑިއިރަކަށް، ދުވާލަކަށް ނުވަތަ ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވުނު މިންވަރު ފެންނާނެ ހުންނާނެކަމަށްވެސް ފަހުމީ ވިދާޅުވެފައިވެއެވެ.

“މި ޚިދުމަތާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ، ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ޚަރަދު ކުޑަކުރެވިގެން ދިއުން. މީގެ އިތުރުން، އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެ. އަދި ސްޓެލްކޯ ކެއަރ މެދުވެރިކޮށް، ކަސްޓަމަރ ސަރވިސް މުވައްޒަފުންނާ މުޢާމަލާތުކުރުމުގެ ފުރުޞަތު ވެސް މި ސްމާޓް އެޕްލިކޭޝަނުން ލިބިގެންދާނެ.” ފަހުމީ ވިދާޅުވިއެވެ.

އޭގެއިތުރުން ފަހުމީ ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ސްޓެލްކޯގެ އެންމެ ބޮޑު އަމާޒަކީ، ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ޚިދުމަތެއް ދެމުން ގެންދިއުން ކަމަށެވެ.

ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކުރުމަށް ނިންމާފައިވާއިރު، ދޭތެރެ ދޭތެރެއިން ކަރަންޓު ބިލަށް އަރާ ޢަދަދު ބޮޑުވުމުގެ ޝަކުވާ ޢާއްމު ރައްޔިތުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

98

އާ އިންޖީނަކުން ޚިދުމަތް ދޭން ފަށައި ގުޅީގެ ކަރަންޓް ކެޕޭސިޓީ އިތުރުކޮށްފި

66

ރަމަޟާން މަހަށް ޚާއްސަ ކަރަންޓް ބިލް ހަދަން ރީޑިން ނަގަން ފަށަނީ، ސްޓެލްކޯއިން ދޭ ޔަގީންކަމަކީ 400ރ.އަށްވުރެ ބޮޑުނުވާނެކަން