ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތެޔޮ ހުސްވެ، ޖަނަރޭޓަރުތައް ހުއްޓި ޣައްޒާގެ ޝިފާ ހޮސްޕިޓަލުން ކަރަންޓު ކެނޑިއްޖެ، ނަސަރު ހޮސްޕިޓަލުގައި ތެޔޮ ހުރީ 24 ގަޑިއިރު ކަރަންޓު ދެވޭވަރަށް

ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ މެޑިކަލް ހޮސްޕިޓަލުން ކަރަންޓު ކެނޑި، އެތަނުގައި މިހާރުވެސް ތިބި ޒަޚަމްވެފައިވާ މީހުންނާއި ބަލިމީހުންގެ ފުރާނައަށް ނުރައްކާވެއްޖެއެވެ.

އަލް ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރ މުހައްމަދު އަބޫ ސަލްމިއާ ވިދާޅުވީ، ހޮސްޕިޓަލުން ކަރަންޓު ކެނޑުނީ، ހޮސްޕިޓަލަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކަށް ތެޔޮލިބުން ހުއްޓިގެން ކަމަށެވެ.

އަލް ޝިފާ ހޮސްޕިޓަލުން ކަރަންޓު ކެނޑުނުއިރު، ޣައްޒާގެ ދެކުނުގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ނަސަރު ހޮސްޕިޓަލުން މިއަދު ބުނެފައިވަނީ، އެ ހޮސްޕިޓަލުގައި މިހާރު ތެޔޮ ހުރީ 24 ގަޑިއިރު ކަރަންޓު އުފެއްދޭ ވަރަށް ކަމަށެވެ.

ކަރަންޓު ލިބޭގޮތް ނުވެއްޖެނަމަ ނަސަރު ހޮސްޕިޓަލުގެ އައިސީޔޫގައި ތިބި ބަލި މީހުންނާއި، އިންކިއުބޭޓަރުގައި ތިބި ތުއްތު ކުދިން ސަލާމަތް ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ޚަބަރުތައް ބުނެއެވެ.

އަލް ޝިފާ ހޮސްޕިޓަލާއި، ނަސަރު ހޮސްޕިޓަލަށް ކަރަންޓުގެ މައްސަލަ މި ކުރިމަތިވީ، ޒަޔަނިސްޓު ސިފައިން މުޅި ޣައްޒާއަށް އެއްގަމު މަގުންނާއި، ވައިގެމަގުން ވަރުގަދަ ހަމަލާތައް ހުއްޓާނުލާ ދެމުންގެންދާ ވަގުތެއްގައެވެ.

މި ހަމަލާތަކުގައި ޒަޚަމްވާ މީހުންނަށް ފުރިހަމަ ފަރުވާ ދެވޭނޭ އެއްވެސް ހޮސްޕިޓަލެއް ޣައްޒާގައި ނެތެވެ.

އިސްރާއީލު ސިފައިންވަނީމ، ޣައްޒާގައި ހުރި ހުރިހާ ހޮސްޕިޓަލަށް ބޮންއަޅައި ހަލާކުކޮށްލާފައެވެ.

އަދި މިއަހަރުގެ މާޗްމަހުގެ 2 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އިންސާނީ އެހީއާއި، ބޭހާއި ތެޔޮ އެތެރެކުރުން ހުއްޓުވާފައި އޮތުމުގެ ސަބަބުން މިހާރު ކިރިޔާވެސް ޚިދުމަތެއް ދެވޭ ހާލަތުގައި ހުރި ހޮސްޕިޓަލްތައް މިދަނީ ހުއްޓެމުންނެވެ.

ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޒަޚަމްވާ މީހުން ހޮސްޕިޓަލްތަކަށް ގެނަޔަސް، މިހާރު ކިރިޔާވެސް ޚިދުމަތެއް ދެވޭ ހާލަތުގައި ހުރި ތަންތަނަށް ކަރަންޓު ނުލިބި، ކުރެވޭނޭ އެއްވެސް ކަމެއް ނެތޭނެ ކަމަށް، ޣައްޒާގެ ހޮސްޕިޓަލްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ރައީސް ޓްރަމްޕް އުފެއްދި “ބޯޑް އޮފް ޕީސް” އިފްތިތާހް ކޮށްފި

ޣައްޒާއިން މިއަދުވެސް 10 މީހުން ޝަހީދުކޮށްލައިފި، ގަތުލުއާންމު ނުހުއްޓޭ، އެއްބަސްވުމެއްގެ ބޭނުމެއްނެތް: ހަމާސް

“ބޯޑް އޮފް ޕީސް” އަށް ޔޫއޭއީ އިން އެއް ބިލިއަން ޑޮލަރު ދެނީ

2023 12 30T161109Z 1296480007 RC2S75AAAB70 RTRMADP 3 ISRAEL PALESTINIANS GAZA

ޣައްޒާއަށް އަނެއްކާވެސް ވަރުގަދަ ޙަމާލާތަކެއް ދޭނެކަމަށް ބުނެފި