ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކައިގެ ޗެއާމަނަކަށް ޝާމް އައްޔަންކޮށްފި

121

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމުގެ މަގާމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް މިއަދު އައްޔަންކޮށްފިއެވެ.

ފެނަކަ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެކުންފުނީގެ ކުރީގެ ޗެއާމަން، ޝިމާދު އިބްރާހީމް، އެކުންފުންޏަށް ޚިދުމަތްކޮށްދެއްވި މުއްދަތުގައި ދައްކުވައިދެއްވި ލާމަސީލު ނަމޫނާއަށާއި، ތަސައްވުރާއި އަދި ލީޑަރޝިޕަށް ހިތުގެ އަޑިން ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފައެވެ.

އަދި ކުރިއަށް އޮތް މަސައްކަތްތަކުގައި އެ ކުންފުނީގެ ފަރާތުން ޝިމާދު އިބްރާހީމް އަށް ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އެ ކުންފުންޏަށް އަލަށް ޢައްޔަންކުރެއްވި ޗެއާރމަން، ޙުސައިން ޝާމް އާދަމް އެ ކުންފުންޏާ ގުޅިވަޑައިގަތުމަކީ ކުންފުންޏަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

”ޗެއާރމަން ޝާމަށް ކުންފުނީގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން“ ފެނަކައިން ކުރި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ކުޑަރިކިލުގައި ސޯލާ-ޑީސަލް ބެޓެރި ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކޮށް ނިމިއްޖެ

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

66

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި

98

ހަތަރު ރަށަކަށް ބޭނުންވާ ޖަނެރޭޓަރުތައް ގެނެސްފި