ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާއިން ބޭރުކުރާ މީހުންނާ ހަވާލުވާން، އިސްރާއީލާ އަވަށްޓެރި ހުރިހާ ގައުމެއްގެ ފުރިހަމަ އެއްބާރުލުން ދަނީ ލިބެމުން: ޓްރަމްޕް

ޣައްޒާގެ ރައްޔިތުން އެހެން ގައުމެއްގައި ވަޒަންވެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިސްރާއީލާ އަވަށްޓެރި ހުރިހާ ގައުމަކުންވެސް އެހީތެރިވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

މިހާރު ވޮޝިންޓަންގައި ހުރި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޝަރަފްގައި ވައިޓްހައުސްގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަމުން އެމެރިކާގެ ރައީސް ޓްރަމްޕް ބުނީ، ޣައްޒާގެ ރައްޔިތުން ގެންދިއުމަށް ކުރެވޭ މަސައްކަތަށް އިސްރާއީލާ އަވަށްޓެރި “ހުރިހާ” ގައުމަކުވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން، އިސްރާއީލާއި އެމެރިކާއިން ގުޅިގެން ކުރަމުންދާ މި މަސައްކަތުން ވަރަށް އަވަހަށް ވަރަށް ރަނގަޅު ގޮތްތަކެއް ވެގެންދާނޭ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމުގެ މަސައްކަތް ކުރިއަށްދާ ވާހަކަ ޓްރަމްޕް ދެއްކިއިރު، އެކަން ކުރާނެ ވާހަކަ ނަތަންޔާހޫ ކުރިން ބުނުމުން ޓްރަމްޕް ވަނީ އެކަމާ ދެކޮޅު ހަދައިވެސް ވާހަކަ ދައްކާފައެވެ.

ޣައްޒާގެ ރައްޔިތުން އަވަށްޓެރި ގައުމުތަކުގައި ވަޒަންވެރިކޮށް، ޣައްޒާ ހުސްކޮށްލުމުގެ ޚިޔާލު އެންމެ ފުރަތަމަ ތިލަކުރީ ޓްރަމްޕެވެ. އޭނާ ބުނެފައިވަނީ، ޣައްޒާއިން މީހުން ހުސްކޮށް ޣައްޒާ ހަދަން ބޭނުންވަނީ “މެދުއިރުމަތީގެ ރިވިއޭރާއަށް” ކަމަށެވެ.

އެކަމަކު، ޓްރަމްޕްގެ މި ވާހަކައަށް ޣައްޒާގެ ރައްޔިތުންގެ ފަރާތުން ކުރިމަތިވީ ދެކޮޅުވެރިކަމާއެވެ. ޣައްޒާގެ އާންމުން ބުނީ، ކޮންމެ ފަދަ ހާލަތެއް މެދުވެރިވިޔަސް ޣައްޒާ ދޫކޮށް ނުދާނޭ ކަމަށެވެ. އިސްލާމީ ގައުމުތަކުންވެސް ހެދީ ދެކޮޅެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބުނީ، މިއީ ނަސްލުނެތިކޮށްލުން ކަމަށެވެ.

ޣައްޒާއިން ބޭރުކުރާ މީހުން އަވަށްޓެރި އަރަބި ގައުމުތަކުގައި ވަޒަންވެރިކުރަން ޓްރަމްޕް ފުރަތަމަ ޕްލޭންކުރި ނަމަވެސް، އެ ގައުމުތަކުން ފާޅުގައި އެކަމާ އޭރު ދެކޮޅު ހެދުމުން ޓްރަމްޕް އެތައް ފަހަރެއްގެމަތިންވަނީ ޣައްޒާއާމެދު އޭނާ ގެންގުޅޭ “ޕްލޭން” ބަދަލުކޮށްފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، ޣައްޒާއިން މީހުން ހުސްކޮށް، އެމީހުން ވަޒަންވެރި ކުރާނެ ގައުމުތައް ހޯދުމަށް އެމެރިކާއާއި އިސްރާއީލުން ވަރަށް ބާރަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަލްފްގެ ގައުމުތަކަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ އީރާނު ހުއްޓުވަން ބާރުގެ ބޭނުން ކުރަންޖެހިދާނެ: ސައުދީ އަރަބިއްޔާ

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

WhatsApp Image 2026 03 18 at 11.16.18

އެސްއެމްއީ ޑިޖިޓަލް އަށް 7 އަހަރު: މާލީ އެހީތެރިކަން 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި