ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަޅުގަނޑު މަރާލަން އިސްރާއީލުން ހަމަލާދިން. ނަމަވެސް ނާކާމިޔާބުވީ: އީރާނުގެ ރައީސް

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން

އޭނާ އަވަހާރަކޮށްލަން އިސްރާއީލުން ހަމަލާދިން ކަމަށާއި، ނަމަވެސް އެކަން ނާކާމިޔާބުވީ ކަމަށް، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، އިސްރާއީލުން ބޮންއަޅައި އޭނާ އަވަހާރަކޮށްލަން މަސައްކަތްކުރީ، އީރާނުގެ ސަލާމަތީ ކަންކަމާ ގުޅޭ ބައްދަލުވުމެއް ބާއްވަމުންދިޔަ ސަރަހައްދަށް ބޮންއަޅައިގެން ކަމަށެވެ.

ނަމަވެސް، އެ ހަމަލާއިން އޭނާ ސަލާމަތްވެވަޑައި ގެންނެވީ ކަމަށް ވިދާޅުވިއެވެ.

އިސްރާއީލާއި އީރާނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚަމަނާއީ އަވަހާރަ ކޮށްލަންވެސް އިސްރާއީލުން އެތައް މަސައްކަތެއް ކުރިއެވެ.

އިސްރާއީލު އަސްކަރިއްޔާގެ ޖެނެރަލަކު ފަހުން ބުނެފައިވަނީ، ޚަމަނާއީ އަވަހާރަ ކޮށްނުލެވުނީ އޭނާ ހުންނެވި ތަނެއް، އިސްރާއީލު ޖާސޫސުން އުޅެއުޅެވެސް ނޭނގުމުން ކަމަށެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ އިސްރާއީލުން ކަމަށާއި، އެއީ އީރާނުން ބޭނުންވެގެން ކުރަންޖެހުނު ހަނގުރާމައެއް ނޫން ކަމަށެވެ.

އީރާނުގެ ރައީސް ވިދާޅުވީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ވާހަކަތައް ކުރިއަށްދަނިކޮށް އަދި ޑިޕްލޮމަސީގެ މަގުގެ މަސައްކަތް ކުރިއަށް ދަނިކޮށް އިސްރާއީލުން އީރާނަށް ހަމަލާ ނުދޭނޭކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ޓްރަމްޕް ދިން ކަމަށެވެ.

ނަމަވެސް، ޓްރަމްޕް އެ ޔަގީންކަން ދީފައިވަނިކޮށް، މަޝްވަރާގެ މޭޒުމައްޗަށް އިސްރާއީލުން ވައްޓާލީ މިސައިލެއް ކަމަށް، އީރާނުގެ ރައީސް ވިދާޅުވިއެވެ.

އީރާނުގެ ރައީސް ވިދާޅުވީ، އެމެރިކާއާއި އަދި އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގައި، އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށާއި، އިކުއިޕްމަންޓަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށެވެ.

ހަމަ އެއާއެކު، އައިއޭއީއޭއަށް އެ ސައިޓްތަކަށް ވަދެވޭނެ ފުރުސަތު އޮތްތޯ ބެލުމަށްޓަކައި ބިމުގެ އެންމެ އަޑީގައި ހުރި ތަންތަނަށް އީރާނުގެ އޮފިޝަލުންނަށްވެސް އަދި ވަދެވޭނެ ގޮތެއް ނެތްކަމަށް، އީރާނުގެ ރައީސް ވިދާޅުވިއެވެ.

އީރާނުގެ ރައީސް ޕެޒެޝްކިއަން ވަނީ، މިއީ، އީރާނާ ދެކޮޅަށް ނަތަންޔާހޫ ކުރާ ހަނގުރާމައެއް ކަމަށާއި، މިއީ، އެމެރިކާގެ ހަނގުރާމައެއް ނޫން ކަމަށްވާތީ، މި ހަނގުރާމައިގެ ތެރެއަށް އެމެރިކާ ނުވަނުމަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަލްފްގެ ގައުމުތަކަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ އީރާނު ހުއްޓުވަން ބާރުގެ ބޭނުން ކުރަންޖެހިދާނެ: ސައުދީ އަރަބިއްޔާ

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

WhatsApp Image 2026 03 18 at 11.16.18

އެސްއެމްއީ ޑިޖިޓަލް އަށް 7 އަހަރު: މާލީ އެހީތެރިކަން 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި