ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަގަށް ނެގި 69 ސައިކަލަކާއި 29 ފޯނު ފުލުހުން ހޯދައިފި

121

ވަގަށް ނަގާފައިވާ 69 ސައިކަލަކާއި 29 ފޯނު މިދިޔަ މަހު ފުލުހުން ހޯދައިފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ފުލުހުންގެ މަސައްކަތުން ހޯދި 69 ސައިކަލުގެ ޖުމްލަ އަގަކީ 3،303،429 ރުފިޔާއެވެ. އަދި ފުލުހުން ހޯދި 29 ފޯނުގެ ޖުމްލަ އަގަކީ 202،375 ރުފިޔާއެވެ.

ތަފާސްހިސާބުގައިވާ ގޮތުން ފުލުހުން ވަނީ މިދިޔަ ޖޫން މަހުގެ ފައިސާއާ ގުޅުންހުރި 26 މައްސަލައެއްގައި 406،098 ރުފިޔާ ހޯދައިފައެވެ. ކަރަންޓު ސާމާނު ގެއްލިގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަށް މައްސަލައެއްގައި 80،000 ރުފިޔާގެ ކަރަންޓު ސަމާނު ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެނިހެން 61 މައްސަލައެއްގައި 110،263 ރުފިޔާގެ މުދާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން ފުލުހުން ވަނީ މިދިޔަ މަހުގެ ތެރޭގައި 45،380 ތަނެއް ޗެކްކޮށްފައެވެ. އަދި ފުޓް ޕެޓްރޯލިން 1،037 ގަޑިއިރާއި 48 މިނިޓު ކޮށްފައިވާ ކަމަށް ތަފާސްހިސާބުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި