ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެ ޓީވީން ފަތުރަނީ ދޮގު ޚަބަރު، އާ ޓާމިނަލްގެ ކަންކަން އިސްރާއީލްގެ ކުންފުންޏަކާ ހަވާލެއް ނުކުރަން: އެމްއޭސީއެލް

121

އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވާ ޙަފުލާގެ ކަންކަން އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީން ފަތުރާފައި ވަނީ ދޮގު ޚަބަރެއް ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

ރާއްޖެ އެމްވީގައި ލިޔެފައިވަނީ އެއާޕޯޓްގެ އާ ޓަރމިނަލް ހުޅުވާ ޙަފުލާގެ ކަންކަން ފަސް މިލިއަން ޑޮލަރަށް ބަނާނާ ސްޕްލިޓް ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށް ކަމަށެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފަސް މިލިއަން ޑޮލަރަށް ކަމަށް ބުނެ ވެސް ދަނީ ދޮގު ވާހަކަތައް ފަތުރަމުންނެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓް ހުޅުވުމުގެ ކަންކަމުގެ އެއްވެސް ކަމެއްގައި ބަނާނާ ސްޕްލިޓް ކުންފުނިން އެއްވެސް ދައުރެއް އަދައެއް ނުކުރާނެ ކަމަށެވެ. އެ ކުންފުންޏަކަށް އެއްވެސް މަސައްކަތެއް ހަވާލުކޮށްފައި ވެސް ނޯންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމް.އޭ.ސީ.އެލްއަކީ ސައްތައިން ސައްސައްތަ ދިވެހިން ކުންފުންޏަކަށްވެފައި، ދިވެހިންގެ ވިންދާއި ނުގުޅޭ ޒާތުގެ އެއްވެސް ޢަމަލެއް މިކުންފުނިން ކޮށްފައިނުވާނެކަމާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޢަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައިވެއެވެ.

“ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒްރޭލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި މި ކުންފުނިން އެއްވެސް މުޢާމަލާތެއް ކޮށްފައެއްނުވާނެއެވެ. ވަކިން ޚާއްސަކޮށް، ރާއްޖެޓީވީއިން އެމް.އޭ.ސީ.އެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް މި ކުންފުނިން ކުރަމުން ނުގެންދާކަމުގެ ފުރިހަމަ ޔަގީންކަށް ތިޔަ އެންމެހައި ފަރާތްތަކަށް އަރުވަމެވެ،” އެ ބަޔާނުގައިވެއެވެ.

ރާއްޖެޓީވީން ފަތުރަމުން ގެންދާ ހަގީގަތާއި ޚިލާފު މިވާހައަކީ އެއްވެސް އަސްލެއްނެތް، އަދި ކުންފުނީގެ އަގު ވައްޓާލުމަށްޓަކައި ދައުރުކުރަމުން ގެންދާ ވާހަކަތަކެއްކަމުން، އެ ކުންފުނިން މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެމްއޭސީއެލް އިން ވަނީ އެފަދަ ދޮގު ވާހަކަތައް ނުފަތުރާ ޒިންމާދާރު ކަމާއި އެކު މައުލޫމާފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުމަލި މަހުގެ ސައްބީހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

macl velana airport

މިރެއިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

FB IMG

އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް “ވެލާނާ އެވޯޑްސް” ދީފި

އެއާޕޯޓަށް ލިބޭ ކުރިއެރުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއް: ޝަރީފް