ހުޅުމާލޭގައި ހަދަމުން އަންނަ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ވަގުތީ އިމާރާތް މި މަހުގެ 26 ގައި ހުޅުވަން ތައްޔާރުވާން ފަށައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ވަގުތީ އިމާރާތް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް ހެދީ، ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ކުރިން ހިންގި ކޮވިޑް ފެސިލިޓީ އިމާރާތުގައެވެ. އެއީ ހަަތަރު ފުލޯގެ އިމާރާތެކެވެ. އެތަން އަލުން މަރާމާތުކޮށް ހުރިހާ މަސައްކަތެއް ކުރީ އެޗްޑީސީންނެވެ.

އިޝްތިހާރު އިޝްތިހާރު

އެ އިމާރާތް ހުޅުވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުއެވެ.

ސުޕީރިއާ ކޯޓްތަކަށް އާ އިމާރާތެއް އެޅެންދެން އެ އިމާރާތުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހައްލެއް ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިންގުމަށް އަންނާނެއެވެ.

މި އިމާރާތް ހުޅުވުމާއެކު މާލޭގައި ހުންނަ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް ބަންދުކުރާނެއެވެ.

ސުޕީރިއާ ކޯޓްތައް ހިންގަން އަޅާ ދާއިމީ އިމާރާތުގެ އަމަލީ މަސައްކަތް މި އަހަރު ފަހުކޮޅު ފެށޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފައެވެ.