ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުފުލުން ބިންހެލުމާއި ލޮޅުންތައް އަންނާތީ ޖަޕާނުގެ ދެކުނުބިތުގެ ޖަޒީރާ ރަށްތަކުން އާންމުން ފައިބަން ފަށައިފި

ފުލުފުލުން ބިންހެލުންތައް އަންނާތީ ޖަޕާނުގެ ދެކުނުގައި މީހުން ދިރިއުޅޭ ޖަޒީރާ ރަށްތަކުން އާންމުން ފައިބަން ފަށައިފިއެވެ.

ޖޫންމަހުގެ 21 ވަނަ ދުވަހުން ފެށިގެން މިހާތަނަށް، އެ ހިސާބުގެ ރަށްތަކަށް 1،600 އަށްވުރެ ގިނަ ބިންހެލުން އައިސްފައިވާ ކަމަށް، އެ ހިސާބުގެ މޭޔަރު ބުނެފައި ވެއެވެ.

ބިންހެލުންތަކުގައި މާކަ ބޮޑެތި ގެއްލުންތައް ނުލިބުނު ނަމަވެސް، އެ ހިސާބުގެ ރަށްތަކުގެ އާންމުންނަށް ސީރިއަސް ސްޓްރެސްގެ މައްސަލަ ކުރިމަތިވެ، ރޭގަނޑުގެ ނިދިން މަހްރޫމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޭގައި އައި ބިންހެލުންތަކުގައި އެންމެބޮޑަށް އަސަރުކުރީ އަކުސެކީ ނަމަކަށްކިޔާ ރަށަށެވެ. ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 5.1 ގައި ނަމަވެސް، އެ ރަށަށް ގެއްލުމެއް ނުލިބެއެވެ.

އަކުސެކީގައި 89 މީހުން ދިރިއުޅުނު ނަމަވެސް، ހުއްޓުމެއްނެތި ބިންހެލުމާއި ލޮޅުންތައް އަރާތީ 44 މީހަކު އިއްޔެގެ ނިޔަލަށް، އެ ސަރަހައްދުގެ މައި ރަށް، ކަގޮޝިމާއަށް ވަނީ ބަދަލުވެފައެވެ. އަދި އިތުރު 15 މީހަކު އެހެން ރަށަކަށް ބަދަލުވެފައި ވެއެވެ.

ބިންހެލުން އަންނަ ސަރަހައްދުގައި ޖުމްލަ 12 ރަށް އޮންނައިރު، އޭގެ ތެރެއިން މީހުން ދިރިއުޅެނީ 7 ރަށުގައެވެ. ދެން އޮންނަނީ ފަޅުރަށްތަކެވެ.

ކަގޮޝިމާއިން ފުރައިގެން ފެރީގައި އެ ރަށްތަކަށް ދެވެނީ 11 ގަޑިއިރުންނެވެ.

ތަޖުރިބާކާރުން ބުނަނީ، އެ ރަށްތަކަށް ބިންހެލުމާއި، ލޮޅުންތައް މެދުނުކެނޑި އަންނަމުންދަނީ، ކަނޑުގެއަޑީގައި ހުރި އަލިފާން ފަރުބަދައެއް ނުވަތަ މެގްމާ ދައުރުވުންތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، ލޮޅުންތައް އަރަމުންދާނީ ކިހާ ދުވަހެއް ވަންދެންކަން ލަފާކުރަންވެސް ނޭނގޭ ކަމަށް ބުނެފައި ވެއެވެ.

ޖަޕާނަކީ ދުނިޔޭގައި އެންމެ ގިނައިން ބިންހެލުންތައް އަންނަ އެއް ގައުމެވެ. ޖަޕާނު އޮންނަނީ ޕެސިފިކް “ރިންގް އޮފް ފަޔަރ” ގެ ހުޅަނގު ފަޅީގައި، ބޮޑު ހަތަރު ޓެކްޓޮނިކް ޕްލޭޓުގެ މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަލްފްގެ ގައުމުތަކަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ އީރާނު ހުއްޓުވަން ބާރުގެ ބޭނުން ކުރަންޖެހިދާނެ: ސައުދީ އަރަބިއްޔާ

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

WhatsApp Image 2026 03 18 at 11.16.18

އެސްއެމްއީ ޑިޖިޓަލް އަށް 7 އަހަރު: މާލީ އެހީތެރިކަން 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި