ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕާ ބައްދަލުކުރަން ނަތަންޔާހޫ އެމެރިކާއަށް ހިނގައްޖެ، ވާނެގޮތެއް ނޭނގޭ!

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ހިނގައްޖެއެވެ.

މިއީ، އެމެރިކާގެ ރައީސްކަމުގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް އައިފަހުން ނަތަންޔާހޫ އެމެރިކާއަށް ދިޔަ ތިންވަނަ ފަހަރެވެ.

ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް މިއަދު މިދިޔައީ، ޓްރަމްޕާ ބައްދަލުކުރުމަށެވެ.

ނަތަންޔާހޫ އެމެރިކާއަށް ދިއުމުން، ވެރިރަށް ވޮޝިންޓަންގެ ރަށްބޭރުގައި އޮންނަ ޖޮއިންޓް އެންޑްރޫސް އެއަރޕޯޓުން އޭނާއަށް މަރްހަބާ ކިޔާފައިވަނީ އިސްރާއީލުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރާއި، ނިއުޔޯކްގައި ހުންނަ އިސްރާއީލުގެ ކޮންސުލް ޖެނެރަލްއެވެ.

ނަތަންޔާހޫގެ މި ދަތުރުގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާއި، މެދުއިރުމައްޗަށް ޓްރަމްޕް ކަނޑައަޅާފައި ހުންނަ މަންދޫބު ސްޓިވް ވިޓްކޮފްއާ މިއަދު ބައްދަލު ކުރުމަށް ހަމަޖެހިފައި ވާއިރު، ނަތަންޔާހޫއާއި ޓްރަމްޕްގެ ބައްދަލުވުން އޮތީ ކޮން އިރަކުކަމެއް ސާފެއް ނުވެއެވެ.

ނަތަންޔާހޫއާއި އެމެރިކާގެ ރައީސްގެ ބައްދަލުވުމުގައި  މައިގަނޑުގޮތެއްގައި ވާހަކަ ދައްކާނީ ޣައްޒާ ހަނގުރާމައާ ގުޅޭގޮތުން ކަމަށް ބެލެވިފައި ވެއެވެ.

ޣައްޒާ ހަނގުރާމަ ނުވަތަ ހަމަލާތައް ހުއްޓާލުމަށް ޓްރަމްޕް ވަނީ އެއްބަސްވުމެއް އެކަށައަޅާފައެވެ. އެ އެއްބަސްވުން ގަބޫލުކުރަން ނަތަންޔާހޫ ބޭނުންވިޔަސް، އޭނާގެ ސަރުކާރުގައި ހިމެނޭ ހަރުކަށި ވެރިން ގެންދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އަދި ޓްރަމްޕްގެ ހުށަހެޅުމަށް ނަތަންޔާހޫ އެއްބަސްވެއްޖެނަމަ ސަރުކާރުން ވަކިވާނެކަމުގެ އިންޒާރުވެސް ދެމުން އެބަ ގެންދެއެވެ.

އެމެރިކާގެ ރައީސްގެ ހުށަހެޅުމަށް ހަމާސްއިން ނުކުރާތަކެއް އިތުރުކުރަން ހުށަހަޅައިގެން އުޅޭތީ، ހަމާސްއާއި، އިސްރާއީލުގެ ޓީމަކާ ދެމެދު ގަތަރުގައި މިހާރުވެސް ނުސީދާ ވާހަކަތައް ދެކެވެމުން އެބަދެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގައިވެސް ބުނެފައިވަނީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް މިހަފްތާގައި ދިއުމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަލްފްގެ ގައުމުތަކަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ އީރާނު ހުއްޓުވަން ބާރުގެ ބޭނުން ކުރަންޖެހިދާނެ: ސައުދީ އަރަބިއްޔާ

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

WhatsApp Image 2026 03 18 at 11.16.18

އެސްއެމްއީ ޑިޖިޓަލް އަށް 7 އަހަރު: މާލީ އެހީތެރިކަން 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި