ކުއްލި ޚަބަރު

ޗައިނާގެ ފެއާއެއްގައި މިފްކޯގެ އުފެއްދުންތައް ޕްރޮމޯޓުކުރަނީ

އެމްޑީޕީން ވަކިވި ސަބަބު އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ: މަހުލޫފު

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަންކޮށްފި

ބިޒްނަސް ފޯރަމްގެ ފައިދާ ރާއްޖެއަށް ކުރާނެ: ޒަމީރު

ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުޞަތުތަކަށް ސިންގަޕޫރުގެ އިންވެސްޓަރުންގެ ޝަޢުގުވެރިކަން އެބަހުރިކަމަށާއި، އޭގެ ރަނގަޅު ނަތީޖާ ފެންނާނެކަމަށް އުންމީދުކުރެވޭކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، ފަހުގެ ތާރީޚުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް އައި ކުރިއެރުމުގައި ސިންގަޕުރަކީ މުހިންމު ބައިވެރިއެއްކަމަށެވެ.

“ސިންގަޕޫރުގެ އިންވެސްޓަރުންނާއި ސިންގަޕޫރުގައި ރަޖިސްޓްރީވެގެން ރާއްޖޭގައި ވިޔަފާރި ކުރުމާއި އަދި ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރާ ބޮޑެތި ހޮޓެލްތަކާއި އޮފީސްތައްވެސް ހުރޭ. މި އޮޕަޗިއުނިޓީ ބޭނުންކޮށްގެން ރާއްޖޭގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިކޮނަމީ ޑައިވާސިފައި ކުރުމަށް ކުރައްވާ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދީ ވަރަށް ގިނަ އިންވެސްޓާސްއާއި ސަރުކާރުގެ ފަރާތުންވެސް ރައީސް އާ ބައްދަލުކޮށް ރާއްޖެއިން ލިބެން ހުރި ޚިދުމަތްތަކާއި ބަދަލުވަމުންދާ ޙާލަތާއި އިންވެސްޓަރުންނަށް ފަސޭހަވާނެ ގޮތަށް ކުރެވޭ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދައިފި.” ޒަމީރު

ސިންގަޕޫރުގައި ބޭއްވި މީޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މާލީ ކަންކަމާއި ތަރަޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ސިންގަޕޫރުގެ ވަރަށް ގިނަ އިންވެސޓަރުން އެބަތިބިކަމަށެވެ. އަދި އިތުރު އިންވެސްޓަރުންގެ ޝަޢުގުވެރިކަންވެސް ރާއްޖެއަށް ލިބެމުން އަންނަކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ފަހުގެ ތާރީޚުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްއައި ކުރިއެރުމުގައި ސިންގަޕޫރަކީ ވަރަށް ބޮޑަށް ބައިވެރިވެފައިވާ ޤައުމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަތޮޅު އުވާލަނީކަމަށް ބުނެ ދައްކަނީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް: އާދަމް ޝަރީފް

112

ޗައިނާގެ ފެއާއެއްގައި މިފްކޯގެ އުފެއްދުންތައް ޕްރޮމޯޓުކުރަނީ

ހުޅުމާލޭ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރަން ހުޅުވާލައިފި

B pui41eu8ifqyznhtro4ldenx8

އެމްޑީޕީން ވަކިވި ސަބަބު އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ: މަހުލޫފު

ELL Mobile Advertisement TTH_advertisement