ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިލޭންޑް އޭވިއޭޝަން އަމިއްލަ ކެޕޭސިޓީގައި ކުރިއަށް ގެންދެވޭނެ ކުންފުންޏަކަށް ހެދުމަކީ އަމާޒް: އަމީން

minister ameen

އައިލޭންޑް އޭވިއޭޝަނަކީ އަމިއްލަ ކެޕޭސިޓީއެއްގައި ކުރިއަށް ގެންދެވޭނެ ކުންފުންޏަކަށް ހައްދުމަކީ އަމާޒް ކަމަށާއި އައިލޭންޑް އޭވިއޭޝަނަށް މީގެ ކުރިން ލިބުނު ގެއްލުންތައް ފޫބެއްދިފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިފަދައިން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިމާރާތް ކުރި އައިލޭންޑް އޭވިއޭޝަންގެ ފުރަތަމަ އިންޖިނިއަރިން ސާވިސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، އައިލޭންޑް އޭވިއޭޝަނަކީ އަމިއްލަ ކެޕޭސިޓީއެއްގައި ކުރިއަށް ގެންދެވޭނެ ކުންފުންޏަކަށް ހައްދަވާނެ ކަމަށާއި މޯލްޑިވިއަން ގައުމީ އެއާލައިންއެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، ގައުމީ އެއާލައިންސްގެ މަގާމަށް މޯލްޑިވިއަން ގެނުވުމަށް ސަރުކާރުން ވެސް މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ގެއްލުން ވަރަށް ބޮޑަށް ފޫބެއްދިފައިވާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. މިނިސްޓަރު ވަނީ އައިލޭންޑް އޭވިއޭޝަނަކީ ކުރިއަށްއޮތް 1 އަހަރު ނުވަތަ 2 އަހަރުގެ ތެރޭގައި ފައިދާވާ ކުންފުންޏަކަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

“އިރާދަކުރެއްވިއްޔާމު، ޓާގެޓަކީ އައިލެންޑް އޭވިއޭޝަނުގެ ޕީއެންއެލް ޕްލަސް އެހެން ނޫނިއްޔާމު ނެގެޓިވް ފްލޯއަކުން ޕޮޒިޓިވް ޕޮލޯއަކަށް މިއަހަރު ބަދަލުކުރުން.” އަމީން

ގޮންޖެހުންތަކާއެކު ނަމަވެސް، މި ދަތިތައް ހައްލުކޮށް ވަރަށް ލުއި ގިނަ ގޮތްތަކެއް މޯލްޑިވިއަންއަށް ހޯދައިދެމުން އަންނަ ކަމަށާއި އައިލޭންޑް އޭވިއޭޝަނަކީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެ ކުންފުންޏަކަށް ހެދުމަކީ އުންމީދެއް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމިއްލަ ކެޕޭސިޓީއަކާއެކު ކުރިއަށް ގެންދެވޭނެ ކުންފުންޏަކަށް އައިލޭންޑް އޭވިއޭޝަން ބަދަލުވުމުން މުވައްޒަފުންނަށާއި ކުންފުނީގެ ޕްލޭންތަކަށް ވެސް ފަސޭހަކަން ލިބިގެންދާނެ ކަން އަމީން ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖެއަށް އަންނަ ގިނަ އެއާލައިންތަކެއްގެ މެއިންޓަނަންސްގެ ޚިދުމަތް މޯލްޑިވިއަނުން ދެމުންދާއިރު، އަލަށް ހުޅުވި ސާވިސް ފެސިލިޓީއާއެކު މި މަަސައްކަތަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ameen

ޖޫންގެ ކުރީން ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: އަމީން

87

ލޯކަލް ޓޫރިޒަމް ކުރިއަރުވަން ސީޕްލޭންގެ ޚިދުމަތް މުހިންމު: އަމީން

minister ameen

ސިޔާސަތަކީ ހުރިހައި އެއާޕޯޓުތަކެއް ދިވެހި ކުންފުނިތަކުން ހިންގުން: އަމީން

ހެލިކޮޕްޓަރު ހިދުމަތަށް ދޭނެ ފަރާތެއް ހޯދަން ހުޅުވާލައިފި