ކުއްލި ޚަބަރު

ސަފީރު ކަމުގެ ފަތްކޮޅު މަސްއޫދު މޮރިޝަސްގެ ރައީސަށް އަރުވައިފި

މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ޔޫއްޕެ ބައިވެރިވަނީ

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއްގައި ހިޔާ ފްލެޓުން ދެ މީހަކު ހައްޔަރުކޮށްފި

އެމެރިކާގެ ޓެކްސަސްއަށް ބޯކޮށް ވާރޭވެހި 50 މީހުން މަރުވެއްޖެ، ސަމަރ ކޭމްޕުން 27 އަންހެންކުދިން ގެއްލިގެން ހޯދަނީ

އެމެރިކާގެ ޓެކްސަސް ސްޓޭޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 50 އަށް އަރައިފިއެވެ.

މަރުވި މީހުންގެ އަދަދު 50 އަށް އެރިއިރު، ޓެކްސަސްގެ ކޯރެއްގެ އައްސޭރިފަށުގައި ގާއިމްކޮށްފައިވާ ސަމަރ ކޭމްޕަކުން 27 އަންހެންކުދިން ގެއްލިގެން ރެސްކިއު ޓީމުތަކުން މިހާރުވެސް ގެންދަނީ އެ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

27 އަންހެންކުދިން ގެއްލިގެން އުޅެނީ ގުއާޑަލޫޕް ކޯރުގެ އައްސޭރިފަށުގައި ގާއިމްކޮށްފައިވާ ދަ ކޭރް ކައުންޓީ ސަމަރ ކޭމްޕްގައި ތިބި ކުދިންތަކުގެ ތެރެއިންނެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުގެ ފެންގަނޑު ބަންޑުންޖަހާލަން ނެގީ އެންމެ 45 މިނެޓް ކަމަށާއި، އެ ވަގުތުގެ ތެރޭގައި ކޯރުގެ ފެންގަނޑު 8 މީޓަރަށް އުފުލު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގެއްލިގެން އުޅޭ ކުދިންތައްވަނީ، ފެނުގެ ސައިލާއެކު ދެމިގެން ގޮސްފައެވެ.

ޓެކްސަސްގެ ޑިޕާޓްމަންޓް އޮފް އިމަޖެންސީ މެނޭޖްމަންޓުގެ ވެރިޔާ ނިމް ކިޑް ބުނީ، ގެއްލިފައިވާ ކުދިންތައް ނުވަތަ އެ ކުދިންގެ ހަށިތައް ހޯދުމަށް ވައިގެމަގުންނާއި، އެއްގަމާއި އަދި ކޯރުގައިވެސް ޓީމުތައް ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މަރުވެ ހަށިގަނޑު ފެނިފައިވާ 50 މީހުންގެ ތެރެއިން 43 މީހުންނަކީ ކޭރް ކައުންޓީން މަރުވި މީހުންނެވެ. އޭގެ ތެރޭގައި 15 ކުޑަކުދިންވެސް ހިމެނެއެވެ.

މޫސުމާ ބެހޭ އިދާރާތަކުން މިހާރުވެސް ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޓެކްސަސްގެ ބައެއް ހިސާބުތަކަށް އެލާޓު ނެރެފައެވެ.

ޓެކްސަސްގެ ގަވަރްނަރ ގްރެގް އެބޮޓް ވިދާޅުވީ، ޓެކްސަސް މިހާރު އޮތީ ކާރިޘާއެއްގެ ހާލަތު ކަމަށް ކަނޑައަޅައި، މަރުކަޒީ ސަރުކާރުން އެހީތެރިކަން ހޯދުމަށް ރައީސް ޓްރަމްޕްގެ ކިބައިން އެދިވަޑައި ގަންނަވާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސޫރިޔާގެ ހަލަބްގައި ސިފައިންނާއި ކުރުދީ ފައުޖާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފަށައިފި

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، މޮނިޓަރިންގ ގްރޫޕުން ބުނެފި

ކޮންގްރެސްއަށްވެސް އަންގައިފި، ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ފަށަނީ

މޫސުން ގޯސްވެ ޣައްޒާއިން އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެ

TTH_advertisement