ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއް، ހަނިމާދޫ އެއާޕޯޓް ވިއްކާލާކަށް ނޫޅޭ

121

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން ސަރުކާރުން އުޅޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ މިހާރު 88 ޕަސެންޓު މަސައްކަތް ނިމިފައިވާ ހަނިމާދޫ އެއާޕޯޓް، އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން ސަރުކާރުން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޔާމީން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ސިންގަޕޫރަށް ދަތުރުފުޅެއް ކުރެއްވި ދަތުރުފުޅުގައި އަދާނީ ގުރޫޕުގެ ޗެއާމަން ގޯތަމް އަދާނީއާ ސަރުކާރުން ބައްދަލުކުރި ކަމަށް އެނގިފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ބުހުތާނު ދޮގު ކަމަށެވެ.

“ހަނިމާދޫ އެއާޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭ ކަމަށް ބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާ ބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުޙުތާނު ދޮގެއް،” ފޭސްބުކުގައި ކުރެއްވި ޕޯސްޓުގައި ސައީދު ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިންމައި އެތަން އެމްއޭސީއެލްއާ ހަވާލުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެ އެއާޕޯޓަކީ އުތުރުގެ ޓޫރިޒަމްގެ ބައި ތަނބެވެ. ހއ. އަދި ހދ. ގައި ޓޫރިޒަމް ފުޅާކުރަން މި ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister saeed

ހަނގުރާމައާ ގުޅިގެން ކާބޯތަކެތި ލިބުމުގައި ރާއްޖެއަށް އެއްވެސް ދައްޗެއް ނެތްކަމުގެ ޔަގީންކަން ސައީދު ދެއްވައިފި

Qw

ރައްޔިތުންނަށް ޚިދުމަތް ކުރަން މޫސާ އަލީ ޖަލީލް ހުންނަވާނީ ހޭވައްލާ ތައްޔާރަށް: ސައީދު

Izaam

ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަނީ

Izaam

ކުރިއަށްއޮތީ ކުދި ވިޔަފާރިތަކަށް ލުއި ލިބިގެންދާނެ ދުވަސްތަކެއް: ސައީދު