ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޮންޑަރލަސްޓް ރީޑަރ ޓްރެވެލް އެވޯޑަށް ދެ ގިންތިއަކުން ރާއްޖެ ނޮމިނޭޓްވެއްޖެ

STO_Ads

އިނގިރޭސިވިލާތުގެ ވޮންޑަރލަސްޓް މެގަޒިން އިން ކުރިއަށް ގެންދާ “ވޮންޑަރލަސްޓް ރީޑަރ ޓްރެވެލް އެވޯޑް”ގެ ދެ ގިންތިއަކުން ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.

ވޮންޑަރލަސްޓްއަކީ އިނގިރޭސިވިލާތުގެ ދަތުރުވެރިންގެ މެދުގައި މަޤްބޫލު މެގަޒިންއެކެވެ. މި އެވޯޑަކީ ކޮންމެ އަހަރަކުވެސް ދަތުރުފަތުރުގެ ދާއިރާގައި ދޭ މަޤްބޫލު އެވޯޑެކެވެ. މި ފަހަރު ދެ ކެޓަގަރީއަކުން މި އެވޯޑަށް ރާއްޖެވަނީ ނޮމިނޭޓްވެފައެވެ. އެއީ ‘އެންމެ ހިތްއެދޭ ޤައުމު’ އަދި ‘އެންމެ ހިތްއެދޭ ރަށްތައް’ މި ދެ ކެޓަގަރީއެވެ.

މި ދެ ކެޓަގަރީން ރާއްޖެއަށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ވޯޓު ދިނުން އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެގޮތުން ވޮންޑަރލަސްޓް ޓްރެވެލް އެވޯޑް ޕޯޓަލް މެދުވެރިކޮށް ފޯމެއް ފުރާލައިގެން ވޯޓުލެވޭނެއެވެ. އަދި ވޯޓުލާ ފަރާތްތަކުން އިންސްޓަގްރާމް ނުވަތަ ފޭސްބުކް މެދުވެރިކޮށް ވޮންޑަރލަސްޓް ފޮލޯކުރަން ޖެހެއެވެ.

Maldivian_Ads

މިއަހަރު ވޮންޑަރލަސްޓް މެގަޒިންގެ ޓްރެވެލް އެވޯޑަށް 200،000 އަށްވުރެ ގިނަ މީހުން ވޯޓުލާނެ ކަމަށް ބެލެވޭ ކަމަށް އެ މެގަޒިން އިން ބުނެއެވެ.

މި އެވޯޑް ހަފްލާ އޮންނާނީ މިއަހަރު ފަހުކޮޅު އިނގިރޭސިވިލާތުގައި ބާއްވާ ވޯލްޑް ޓްރެވެލް މާކެޓް ފެއަރ އޮންނަ ދުވަސްވަރާއި ދިމާކޮށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަތުރުވެރިކަން އިޝްތިހާރު ކުރަން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ފެއާ އައިޓީބީ ބާލިން ފަށައިފި

tourist arrival

އަހަރުގެ މިހާތަނަށް 295,589 ފަތުރުވެރިން ޒިޔާރަތްކޮށްފި

resorts

ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ 7 ރިސޯޓެއް މިއަހަރު ހުޅުވާނެ

ދިވެހި ރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ނެރެފި