ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަހީނުކޮށްފައި ހުރި އިތުރު މީހަކު ސަލާމަތްކޮށް، ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Whatsapp image 2025 07 03 at 16.27.51

މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި އިތުރު މީހަކު ސަލާމަތްކޮށް، އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވަނީ މިއަދު ހެނދުނު ހުށަހެޅި ރަހީނުކުރުމުގެ މައްސަލައަކާ ގުޅިގެން ވެސް، ރަހީނުކޮށްފައި ހުރި ބިދޭސީ މީހަކު ސަލާމަތްކޮށްފައެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލޭގެ ގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓައި އަނިޔާކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގުން ކުރި މަސައްކަތުން އެމީހާ ހުރި ތަން ހޯދައި، މިއަދު އެމީހާ ސަލާމަތްކޮށް، މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ، ފޭދޫ، ސުވާސާގޭ، އިބްރާހިމް ސައީދު (48އ) ކަމަށް ފުލުހުން ބުންޞެވެ.

ފުލުހުން ބުނީ ރަހީނުގައި ހުރި މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށާއި އެއީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި