ކުއްލި ޚަބަރު

ގެއެއްގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި

ސަލާމަތީ ކަންބޮޑުވުންތަކެއް ހުރެގެން އީރާނު ވައިގެ ބައެއް ސަރަހައްދުތައް އަލުން ބަންދުކޮށްފި

ސިންގަޕޫރާއި ރާއްޖޭގެ ގުޅުމުގެ އާ ބާބެއް ފެށިއްޖެ: ރައީސް

ޕާކިސްތާން ހައި ކޮމިޝަނުން އެމްޕަވަމަންޓް ހަބަށް ހިލޭ އެހީ ދީފި

121

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ހުޅުވުމަށް ތައްޔާރުވަމުން އަންނަ “އެމްޕަވަމަންޓް ހަބް” އަށް، ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާންގެ ހައި ކޮމިޝަނުން ހިލޭ އެހީގެ ގޮތުގައި ފައިސާ ހަދިޔާކުރައްވައިފިއެވެ.

މިކަމާ ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ޕާކިސްތާން ހައިކޮމިޝަނަށް ޝުކުރު އަދާކޮށް، ޔޫއެންޑީޕީ މޯލްޑިވްސް އިން މިކަން މަގުފަހިކޮށްދެއްވުމުގައި ދިން އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ޔޫއެންޑީޕީއަށް ވެސް ޝުކުރު ދަންނަވާފައެވެ.

ޕާކިސްތާން ހައި ކޮމިޝަނުން ވަނީ ރާއްޖޭގައި އިޖުތިމާޢީ ރައްކާތެރިކަން އިތުރުކޮށް، ވަކީން ޚާއްސަގޮތެއްގައި، އެމްޕަވަމަންޓް ހަބްގެ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކުރައްވާފައެވެ. މި ހަބަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރު ދަސްކޮށްދީ، އެމީހުންގެ އުފެއްދުންތައް ވިއްކައި، ވަޒީފާ އަދާކުރެވޭނެ ފަދަ ޚާއްޞަ މަރުކަޒެކެވެ. މިގޮތުން، މި މަރުކަޒު ގާއިމްކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެމީހުންނަށް ބޭނުންވާ ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބި، އެމީހުންގެ ޤާބިލުކަން އިތުރުވެ، އަމިއްލަ މަސައްކަތްތައް ފަށައި، އާމްދަނީ ހޯދުމުގެ ދޮރު ހުޅުވިގެންދާނެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެމްޕަވަމަންޓް ހަބަށް ލިބިގެންދިޔަ މި އެހީއަކީ، މި ހަބްގެ މަސައްކަތްތައް ހަރުދަނާކޮށް، ފުރިހަމަކުރުމަށް ލިބިގެންދާ ވަރަށް މުހިންމު ބާރެއް ކަމަށެވެ.

ޕާކިސްތާން ހައި ކޮމިޝަނުން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް، އެމްޕަވަމަންޓް ހަބްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލާ، ސައިޓް ވިޒިޓެއް ވެސް ކުރައްވާފައެވެ.

މި އެހީއާއެކު، އެމްޕަވަމަންޓް ހަބުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރާއްޖޭގެ މުޖުތަމަޢަށް، ވަކީން ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާބާދީއަށް، ބޮޑު މަންފާއެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް އިޖުތިމާޢީ ވުޒާރާއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

121

ކޯޓަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މަންޑޭ ބަންދުން ދޫކޮށްލައިފި

909

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

121

ރަސްފަރި ފަރު އިއާދަކުރުމަށް ސަންގެލިން އެހީވާން އެއްބަސްވެއްޖެ

121

ގެއެއްގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި

TTH_advertisement ELL Mobile Advertisement