މިދިޔަ މަހުގެ ނިޔަލަށް 10،000 މެމްބަރުން ހަމަވަނީ ތިން ސިޔާސީ ޕާޓީއެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކޮންމެ 6 މަހަކުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު ކަށުވަރުކޮށް އާންމުކުރަންޖެހެ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން ދައުލަތުން ދޭ ފައިސާ ލިބޭނީ މެމްބަރުންގެ އަދަދު 10،000 އަށް އެރުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމުކުރި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަލާއިރު 10،000 މެމްބަރުން ހަމަވަނީ އެންމެ ތިން ޕާޓީއެއްގަ އެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީގަ އެވެ.
ސިޔާސީ ޕާޓީތަކުގައި މިހާރު ތިބި މެމްބަރުންގެ އަދަދު:
- ޕީއެންސީ: 68،665 މެމްބަރުން
- އެމްޑީޕީ: 43،765 މެމްބަރުން
- އަދާލަތު ޕާޓީ: 8،844 މެންބަރުން
- ޖުމްހޫރީ ޕާޓީ: 13،456 މެންބަރުން
- އެމްޑީއޭ: 9،011 މެންބަރުން
- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް: 2،272 މެންބަރުން
- އެމްއެންޕީ: 5،836 މެންބަރުން
- ޑިމޮކްރެޓްސް: 3،547 މެންބަރުން
- ޕީއެންއެފް: 3،046 މެންބަރުން
ކިޔުންތެރިންގެ ހިޔާލު