ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނަށް ހަމަލާދިނުމަށް، އެމެރިކާގެ ގެރެންޓީ ލިޔުމުން ހޯދަން ނަތަންޔާހޫ މަސައްކަތްކުރަނީ

STO_Ads
TTH_Ads
Advertisement

އީރާނުން ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ސައިޓްތައް ނުވަތަ މިސައިލް ޕްރޮގްރާމާ ގުޅުންހުރި ތަންތަން އަލުން މަރާމާތުކުރާ ކަން އެނގިއްޖެނަމަ އެތަންތަނަށް ހަމަލާދިނުމުގެ ހުއްދައަށް ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން އެދޭނޭ ކަމަށް، އިސްރާއީލުގެ ކާން ނޫހުން ބުނެފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަ ހަފްތާގައި އެމެރިކާއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. ނަތަންޔާހޫ އަންނާތީ އެމެރިކާގެ ރައީސް ޓްރަމްޕްވެސް އެވާހަކަ ދައްކަމުން ގެންދެއެވެ.
އިސްރާއީލުގެ ކާން ނޫހުން ބުނެފައިވަނީ، ނަތަންޔާހޫ ބޭނުންވަނީ، އިސްރާއީލުން އީރާނަށް ހަމަލާ ދޭން ޖެހިއްޖެނަމަ އެކަން ކުރުމުގެ ހުއްދަ އެމެރިކާއިން އިސްރާއީލަށް ދޭނޭކަމުގެ ގެރެންޓީއެކެވެ. އެގޮތުން، އެ ގެރެންޓީ ލިއުމުން ހޯދަން ނަތަންޔާހޫ އެދޭނޭ ކަމަށް ކާން ނޫހުން ބުނެފައި ވެއެވެ.

އިސްރާއީލާއި އީރާނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގައި، އިސްރާއީލުގެ ޖެޓުތަކުންވަނީ އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމާ ގުޅޭ ސައިޓްތަކަށް ވަރުގަދައަށް ބޮންއަޅާފައެވެ.
އިސްރާއީލަށް އެހީތެރިވުމުގެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސްވަނީ، އެމެރިކާ އަސްކަރިއްޔާގައި ގެންގުޅޭ އެންމެ ބާރުގަދަ ބީ2 މަތިންދާ ބޯޓުތައް ފޮނުވައި، އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބަންކަރ-ބަސްޓަރ ބޮންއަޅާފައެވެ.
އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ސައިޓްތަކަށް ބޮންއެޅުމަށްފަހު އެމެރިކާއާއި، އިސްރާއީލުންވެސް ބުނެފައިވަނީ، އީރާނުގެ ނިއުކްލިއަރ ގާބިލްކަން މި ހަމަލާތަކުގައި އެއްކޮށް ނައްތާލެވުނު ކަމަށާއި، އެތައް އަހަރަކަށް އީރާނު ފަހަތަށް ޖައްސާލެވުނު ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

އެހެން ނަމަވެސް، އީރާނުން ބުނެފައިވަނީ، އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި ގެއްލުންތައް ލިބުނު ނަމަވެސް، އެއީ މާ ބޮޑެތި ގެއްލުންތައް ނޫން ކަމަށެވެ.
އަދި ނިއުކްލިއަރ ޕްރޮގްރާމްގެ މަސައްކަތް އަލުން ފަށައިގަތްކަން އީރާނުން އިއުލާން ކުރުމާއެކު، އެމެރިކާ، އިސްރާއީލު އަދި ހުޅަނގުގެ ގައުމުތަކުން ތިބީ ވަރަށް ކަންބޮޑުވެފައެވެ.
އަނެއްކޮޅުން، އެމެރިކާއިން ހަމަލާދިނުމުގެކުރިން، އީރާނުން ޔޫރޭނިއަމް ރައްކާތެރި ތަނަކަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓާއެކުވެސް އިސްރާއީލާއި އެމެރިކާ އޮތީ ވަރަށް ހިތުގައި ޖެހިފައެވެ.

މި ވާހަކަތައް ފެންމަތިވާން ފެށުމުން އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައިވަނީ، އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދޭން ޖެހިއްޖެނަމަ ހަމަލާ ދޭނޭ ކަމަށެވެ.

ޓްރަމްޕް މިހެން ބުނެފައި ވަނިކޮށް، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މިހާރު މަސައްކަތް ކުރަނީ އީރާނަށް ހަމަލާދިނުމަށް އެމެރިކާގެ ގެރެންޓީއަށެވެ. 12 ދުވަސްތެރޭ އީރާނުން އިސްރާއީލަށް ހަދާލިގޮތް ނަތަންޔާހޫ އަދިވެސް ގެންދަނީ ދުނިޔެއަށް ސިއްރުކުރަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MMA_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާއާއި އީރާނާ ދެމެދު މާދަމާ ފަށަން ތާވަލް ކޮށްފައިއޮތް ވާހަކަތައް ކެންސަލް ކޮށްފި

އީރާނުގެ ވަފުދު ސްވިޒަރލޭންޑަށް، އީރާނުން އަންގަނީ ވަފުދު ދިޔައީ އެމެރިކާއާ ވާހަކަދައްކަން ނޫން ކަމަށް

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

Foreign ministry

އެމެރިކާ-އީރާނާ އެއްބަސްވުމަށް ރާއްޖެއިން މަރުހަބާ ކިޔައިފި