ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުއްދަ ނުނަގާ މިމަހުގެ 17ގެ ފަހުން ދުންފަތުގެ ވިޔަފާރި ކުރާނަމަ ފިޔަވަޅުއަޅާނެ

މިމަހުގެ 17ގެ ފަހުން ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި ވިއްކުމަށް ނަގަންޖެހޭ ޚާއްސަ ލައިސެންސް ނެތި ދުންފަތުގެ މުޢާމަލާތުކުރުމަކީ ޤާނޫނީގޮތުން މަނާކަމެއްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއީން ވިދާޅުވީ ދުންފަތުގެ ބަވަތްތައް އިމްޕޯޓުކުރުމަށާއި، ރީއެކްސްޕޯޓުކުރުމަށާއި ރާއްޖޭގައި ވިއްކުމަށާއި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާއި ގަވާއިދުގެ ދަށުން ވަކި ލައިސެންސެއް މިހާރު ނަގަންޖެހޭކަމަށެވެ.

ދުންފަތުގެ ވިޔަފާރިކުރުމަށް ނަގަންޖެހޭ މިލައިސެންސް ނެގުމަށް، ވަންގަވް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމުގެ ފުރުސަތުވަނީ މިއަހަރުގެ އޭޕްރީލްމަހުގެ 17 ވަނަ ދުވަހު ހުޅުވާލާފައެވެ. އަދި މިމުއްދަތު މިމަހުގެ 17 އަށް ހަމަވާނެއެވެ. އެހެންކަމުން ދުންފަތުގެ ވިޔަފާރިކުރަން އެދޭ ފަރާތްތަކުން މިމަހުގެ 17ގެ ކުރިން ލައިސެންސް ނުނަގާ އޭގެފަހުން ވިޔަފާރިކުރާނަމަ އެއީ ޤާނޫނީ ކުށެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ދުންފަތުގެ ބާވަތްތައް ވިއްކުމަށް ނަގަންޖެހޭ ލައިސެންސް އަދި ހުއްދަ ނުނަގާ މުޢާމަލާތުކުރުމުން ފުރަތަމަ ފަހަރު ނަމަ 50000 ރުފިޔާއިން ޖޫރިމަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާއި ގުޅޭ އާއްމު ގަވާއިދުގައިވަނީ ސިއްޙަތާ ބެހޭ ވުޒާރާއަށް ބާރު ދެއްވާފައެވެ. އަދި އިތުރުވާ ކޮންމެ ފަހަރަކަށް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ހަމައެއާއެކު ވިޔަފާރީގެ ހުއްދަ ހިފެހެއްޓުމުގެ ބާރުވެސް މިގަވާއިދުގެ ދަށުން ކަމާބެހޭ ފަރާތްތަކަށް ލިބިދެއެވެ.

ދުންފަތާއި ދެކޮޅަށް ސަރުކާރުން ގެންދަވަނީ ހަރުކަށި ފިޔަވަޅުތައް އަޅުއްވަމުންނެވެ. މިގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މިހާރުވަނީ މަނާކޮށްފައެވެ. އަދި ދުންފަތުގެ ބައެއް ބާވަތްތަކުގެ ޑިއުޓީ ބޮޑުކޮށްފައިވާއިރު އިލެކްޓްރޯނިކް ވޭޕްއާއި އޭގެ އެކި އާލާތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިޔަފާރިކުރުމާއި ބޭނުންކުރުންވެސްވަނީ މަނާކޮށްފައެވެ. މިއާއެކު ވޭޕް ބޭނުންކުރާ ފަރާތްތަކާއި މެދު ފުލުހުން ގެންދަވަނީ ޤާނޫނުގައި ބަޔާންކުރާ ފަދައިން ފިޔަވަޅު އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

333434 d3125933 0

އާދަޔާ ޚިލާފަށް ހޫނުވާތީ މާބަނޑު މީހުންނާއި ތުއްތު ކުދިން ސަމާލުވާން އެދިއްޖެ

health ministry

މެލޭޝިއާގައި ޓީބީ ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖޭގައި ރިސްކް އެސެސްމަންޓެއް ހަދަން ފަށައިފި

66

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ކަމުގެ މަގާމަށް މީހަކު ހޯދަނީ

Amaan

ސަމާލުވޭ، ކުރިއަށް އޮތް ދެ ދުވަހު ވެސް މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވަރަށް ބޮޑަށް ވައިނުސާފުވާނެ