ތ. ވިލިފުށީ ފަޅުތެރޭގައި އޮތް ދެ ދޯންޏެއްގައި އަލިފާން ރޯވެ ހިނގި ހިތާމަވެރި ހާދިސާގައި ފިހުނު ދެ މީހުންގެ ތެރެއިން ދޯނިތަކުގެ ވެރިޔާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ދެން ފިހިފައި ވަނީ ދޯނިތަކުގެ ވެރިމީހާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

މި ހާދިސާގައި ދެ ދޯނި ވެސް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައިފައެވެ.

އިޝްތިހާރު އިޝްތިހާރު

ދޯނިތަކުގެ ވެރިޔާ މާލެގެނެސް މިހާރު އަންނަނީ ފަރުވާދެމުންނެވެ. މި ހާދިސާގައި އެންމެ ބޮޑަށް ފިހުނީ އޭނާއެވެ. ބަންގްލަދެޝްގެ މީހާއަށް ފަރުވާދެމުން އަންނަނީ ވިލުފުށީ ސިއްހީ މަރުކަޒުގައެވެ.

ރޯވިއިރު، އެ ދެ ދޯނީގައި ގިނަ އަދަދެއްގެ ތެޔޮ ހުއްޓެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.