ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެއެއްގެ ތިޖޫރީން ވަގަށް ނެގި އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި

B 202507010347451751366865.618

މައްޗަންގޮޅި ގެއެއްގެ ތިޖޫރީގައި ހުރި އެއް ލައްކައަަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި، ހަބީބީހެޕް، އިސްމާއިލް ސާއިފް (39އ) އެވެ.

ފުލުހުން ބުނީ އިސްމާއިލް ސާއިފް އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ސީސީޓީވީ ފޫޓޭޖު ބަލައި ދެނެގަނެގެން ކަމަށެވެ. ތިޖޫރީ ވަގަށް ނެގިކަމުގެ ތުހުމަތުގައި އިސްމާއިލް ސާއިފް ހައްޔަރުކުރީ މިއަދު 11:05 ހާއިރު މާވެޔޮމަގުން ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު ތީޖޫރީން ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އޭގެ ތެރެއިން ބައެއް ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ މޯބައިލް ފޯނެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި