ކުއްލި ޚަބަރު

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

އެމްޑީޕީ ސަރުކާރުން ވަޒީފާއިން ވަކިކުރި ޖަމްޝީދާއި އަހްމަދު މުހައްމަދަށް ފުލުހުންގެ ވަޒީފާ ދީފި

ދެ ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރުތައް އަޅަން ހަވާލުކޮށްފި

ތިލަމާލެ ބްރިޖްގެ %60 މަސައްކަތް ނިމިއްޖެ

Thilamale buridge

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ތިލަމާލޭ ބްރިޖްގެ ޕައިލިންގ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށް ވިދާޅުވެފައެވެ. މި މަސައްކަތަކީ މުޅި ބްރިޖް މަޝްރޫޢުގެ އެންމެ ގޮންޖެހުންތެރި މަރުޙަލާކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ތިލަމާލޭ ބްރިޖަކީ މާލެ ސަރަޙައްދުގައި ކުރިއަށްގެންދެވޭ އެންމެ މުހިންމު އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން، ވަޒީރު ވިދާޅުވީ ޕައިލިންގގެ ދަށުން އެއްގަމާއި ކަނޑުގައި ޖުމްލަ 263 ހޮޅި ފައްތާފައިވާ ކަމަށެވެ. މިހާތަނަށް މުޅި ބްރިޖް މަޝްރޫޢުގެ 60.84 އިންސައްތަ މަސައްކަތް ނިމިފައިވާކަންވެސް ވަޒީރު ހާމަކުރެއްވިއެވެ.

ތިލަމާލެ ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށްޓަކައި، ދިވެހި ސަރުކާރުން އިންޑިއާގެ އިސްފަރާތްތަކާއެކު ގިނަ މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

މި ބްރިޖް މަޝްރޫޢުގެ ދަށުން ހަތަރު ސަރަޙައްދެއް ގުޅުވާލެވޭނެއެވެ. ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގުމިނުގެ މި ބްރިޖުގައި، ކޮންމެ ރަށަކަށް އަރައި ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިންގ ސަރަޙައްދުތައްވެސް ހިމެނޭނެއެވެ.

މަޝްރޫޢުގެ ޓައިމްލައިންގައިވާ ގޮތުން، މާލެއިން ގުޅިފަޅަށް ގުޅުވާލާ ބައިގެ މަސައްކަތް 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ރޭވިފައެވެ. އަދި ގުޅިފަޅުން ތިލަފުއްޓަށް ގުޅުވާލާ ބައިގެ މަސައްކަތް 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. މުޅި މަޝްރޫޢު ފުރިހަމަވެ ނިމޭނެ ކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

macl

ނޮޅިވަރަމް ސްޕޯޓްސް ކޮމްޕެލްކްސްގެ އެއްބަސްވުމުގައި ސޮއިކޮށް، ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

B 202509030730381756909838.3502

މޯލްޑިވިއަންގެ ދަތުރުތަކުގައި ލުއިކާނާ ވިއްކަން ފަށައިފި

112

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

112

އެމްޑީޕީ ސަރުކާރުން ވަޒީފާއިން ވަކިކުރި ޖަމްޝީދާއި އަހްމަދު މުހައްމަދަށް ފުލުހުންގެ ވަޒީފާ ދީފި

ELL Mobile Advertisement TTH_advertisement