ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޭ މަހު އެންސްޕާއިން ބޭސްފަރުވާއަށް ޚަރަދުކުރީ 14 މިލިއަން ރުފިޔާ

140475 98400a69 f

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ނިމިދިޔަ މޭ މަހު ބޭސްފަރުވާގެ ހަރަދުގެ ގޮތުގައި 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެންސްޕާއިން އާންމުކޮށްފައިވާ މޭ މަހުގެ ބޭސްފަރުވާގެ ޕްރޮގްރާމްގެ ހަރަދުތަކުގެ ތަފްސީލުންނެވެ.

އެންސްޕާއިން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 3،909،573.95 ރުފިޔާ ހަރަދުކޮށްފައިވާއިރު، ރާއްޖޭގައި ފަރުވާ ހޯދުމަށް 10،327،236.56 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މިއާއެކު މޭ މަހު ބޭސްފަރުވާގެ ހަރަދުގެ ގޮތުގައި ޖުމްލަ 14،236،810.51 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާއިން ވަނީ ހާމަކޮށްފައެވެ.

އެންސްޕާއަކީ 27 އޯގަސްޓް 2008 ގައި ވުޖޫދަށް އައި މުއައްސަސާއެކެވެ. މި މުއައްސަސާގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޤައުމީ އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާއީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުން ހިމެނެއެވެ.

އެންސްޕާއިން ކުރިއަށްގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި، އެކަނިވެރި މައިން/ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، އަދި ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްފަދަ އެކި ބާވަތުގެ އެހީގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

nspa

އެންސްޕާއިން މިދިޔަމަހު 18.9 މިލިޔަން ރުފިޔާ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށް

nspa

ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި މިހާރު 15،059 މީހުން

Image

އިޖުތިމާއީ އެހީއަށް އެދުމަށް ޚާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފި

އައިނު ފިހާރަތަކުން އާސަންދައިގެ ދަށުން އައިނު ހެދޭގޮތަށް ހަމަޖައްސައިފި