ކުއްލި ޚަބަރު

އީރާނުގެ ޖަލަށް އިސްރާއީލުންދިން ހަމަލާގެ ތަފްސީލް އީރާނުން ފުރަތަމަ ފަހަރަށް ހާމަކޮށްފި. 71 ގައިދީން މަރުވި

ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި

ކަނޑަށް ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި

އެމް.އޭ.ސީ.އެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

macl

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ އަހަރީ އާންމު ޖަލްސާ މިއަދު ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވިއެވެ. މި ޖަލްސާގައި އެމް.އޭ.ސީ.އެލްގެ ޗެއަރޕާސަން އައިޝާ ނޫރައިން ޖަނާޙް، ބޯޑު މެންބަރުން، ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޗެއަރޕާސަން އައިޝާ ނޫރައިން ޖަނާޙް ވިދާޅުވީ، ފާއިތުވި އަހަރު އެމް.އޭ.ސީ.އެލްއިން ހާސިލުކުރި ކާމިޔާބީތަކަކީ ކުންފުންޏަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި ކުންފުނީގެ މުސްތަޤުބަލު އުޖާލާކޮށް ފެންނަ ކަމަށާއި، އިތުރު ކާމިޔާބީތައް ހޯދުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ފާހަގަކުރެއްވީ، ފާއިތުވި އަހަރުގެ ކާމިޔާބީތަކަކީ އެންމެންގެ ގުޅިގެންވި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މި މަގުން ކުރިއަށް ދިއުމުގެ ޔަޤީންކަން ކުންފުނީގެ ބޯޑަށާއި މެނޭޖްމަންޓަށް އެރުވިއެވެ. އިތުރަށް ވިދާޅުވީ، އާ ޓާމިނަލްއާއެކު ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ފައިދާ އިތުރުކުރުމަކީ އެމް.އޭ.ސީ.އެލްގެ އަމާޒު ކަމަށެވެ. އަދި އާ ޓާމިނަލްއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ފާއިތުވި އަހަރު އެމް.އޭ.ސީ.އެލްއަށް ރެކޯޑު އަދަދެއްގެ ފައިދާ ލިބިފައިވެއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހޭދަކުރެވުނު ނަމަވެސް، ސާފު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 32.2 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ކުންފުނީގެ ތާރީޚުގައި މިފަދަ ބޮޑު ސާފު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.

މިވަގުތު އެމް.އޭ.ސީ.އެލްއިން އެންމެ އިސްކަންދެނީ އާ ޕެސެންޖަރ ޓާމިނަލް ހުޅުވުމުގެ މަސައްކަތަށެވެ. މި ޓާމިނަލް ހުޅުވުމާއެކު، ޚިދުމަތްތައް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ގިނަ އުމްރާނީ ވަސީލަތްތަކެއް ޤާއިމްކުރެވިފައިވެއެވެ. އެމް.އޭ.ސީ.އެލްއިން އަބަދުވެސް މަސައްކަތްކުރަމުންދާނީ ފަސިންޖަރުންނާއި، އެއަރލައިންތަކާއި، ސްޓޭކްހޯލްޑަރުންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.

އެމް.އޭ.ސީ.އެލްގެ މި އަހަރީ އާންމު ޖަލްސާގައި، ކުންފުނީގެ 2023 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރެވުނެވެ. އަދި 2024 ވަނަ އަހަރަށް އައްޔަންކުރާނެ އުރާނެ އޮޑިޓަރުން ހޮވައި، އެ ފަރާތްތަކުގެ އުޖޫރަ ކަނޑައެޅުނެވެ. މީގެއިތުރުން، ޙިއްޞާދާރުންނަށް ބަހާނެ ފައިދާގެ މިންވަރު ނިންމައި، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބުކުރެބުކުރެވުނެވެ.

ޖަލްސާގައި ބައިވެރިވި ޙިއްޞާދާރުންނަށް، ކުންފުނީގެ ކުރިމަގާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުޞަތު ދެވުނެވެ. މި ފުރުޞަތުގައި ގިނަ ޙިއްޞާދާރުން ކުންފުނީގެ ކުރިއެރުމާއި ކާމިޔާބީތަކަށް ތަޢުރީފުކޮށް، އިތުރު ކުރިއެރުންތަކަށް އެދި ދުޢާކުރެއްވިއެވެ.

އެމް.އޭ.ސީ.އެލްގެ ސީނިއަރ މެނޭޖްމަންޓުން ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަވެރި އެއަރޕޯޓެއްގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި މަސައްކަތުގައި ހުރިހާ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން ލިބޭނެކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.

ޖަލްސާ ނިންމަވަމުން، ޗެއަރޕާސަން އައިޝާ ނޫރައިން ޖަނާޙް ވިދާޅުވީ، އެމް.އޭ.ސީ.އެލްގެ ކާމިޔާބީތަކަކީ ހުރިހާ މުވައްޒަފުންނާއި މެނޭޖްމަންޓުގެ ހިންގުންތެރިކަމާއި، ޙިއްޞާދާރުންގެ އިތުބާރާއި، ސަރުކާރުގެ އެހީތެރިކަމުގެ ސަބަބުން ލިބުނު ކާމިޔާބީތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ފަދަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

3

އައްޑޫ ސިޓީ ހަންކެޑަ “ހަލާލް ޓޫރިޒަމް” ތަރައްޤީކުރާ ރަށެއްގޮތުގައި ހަމަޖައްސަވައިފި

raees muiz

ފުރަމާނަ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

އީރާނުގެ ޖަލަށް އިސްރާއީލުންދިން ހަމަލާގެ ތަފްސީލް އީރާނުން ފުރަތަމަ ފަހަރަށް ހާމަކޮށްފި. 71 ގައިދީން މަރުވި

ޤަޠަރުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް އުފައްދަވައިފި

TTH_advertisement ELL Mobile Advertisement