ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފައިނު އެކްސިޑެންޓުގައި އަނިޔާވި ތިން މީހުން ވެންޓިލޭޓަރުގައި

511984866 1280203437441341 474656240304535215 n
ރ. ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދަނީ — ފޮޓޯ: ފައިނު އޮންލައިން

ރ. ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ފައިނުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަސްތަރުކުރަން ނުކުމެ އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެން ހިނގި އެކްސިޑެންޓުގައި ދެ ކުޑަކުދިން ހިމެނޭގޮތަށް ހަތަރު މީހަކަށް އަނިޔާވިއެވެ. އޭގެ ތެރެއިން ދެ ކުއްޖަކާއި މީހެއްގެ ހާލު ސީރިއަސްވެގެން އިއްޔެ ވަނީ މާލެ ގެނެސްފައެވެ.

އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓުގައި އިތުރު ފަރުވާއަށް މާލެ ގެނައި ތިން މީހުންނަށް ވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށާއި އެ މީހުން ހާލު އަދިވެސް ސީރިއަސް ކަމަށެވެ.

އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނީ 49 އަހަރުގެ މީހަކާއި 14 އަހަރުގެ ކުއްޖެއްގެ އިތުރުން 16 އަހަރުގެ ކުއްޖަކަށެވެ.

އެނގިފައިވާ ގޮތުގައި ސައިކަލުގައި ތިބީ ދެ ކުދިންނެވެ. އަދި ސައިކަލު ގޮސް ޖެހިގެން އަނިޔާވި މީހާއަކީ ފައިނަލު ސްކޫލުގެ ޓީޗަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އެމްޑީޕީގެ ކެންޑިޑޭޓް ސިބާއަށް އަނިޔާއެއް ނުކުރޭ، ފުލުހުން ހަގީގަތް ހާމަކޮށްފި

Igmh

އައިޖީއެމްއެޗަށް “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ތަޢާރަފުކޮށްފި

98

ސިނަމާލޭ ބްރިޖުގައި ޕިކަޕެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ

1577448047large

ބްރިޖު ލައިޓްކައިރީގައި އެކްސިޑެންޓެއް ހިނގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ