ކުއްލި ޚަބަރު

އެމްޕީއެލް މުވައްޒަފަކު ފިޓު ޖެހުމުގެ ސަބަބުން މަރުވެއްޖެ

ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އައިންތު މިސް ނިޔާވެއްޖެ

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

ދިވެހި ދަރިވަރުންނަށް މެލޭޝިއާގައި ޓެކްސްގެ ބުރަ އުފުލަން ނުޖެހޭގޮތަށް ކަންކަން ހަމަޖައްސާދޭނަން: ޑރ. ޙައިދަރު

minister haidar

މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުން ޓެކްސް ދައްކާގޮތަށް ގެނައި ބަދަލާ ގުޅޭ މަޢުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ސާފުކުރަމުންދާކަމަށާއި، އެކަމުގައި ދިވެހި ދަރިވަރުންނަށް ބުރަ އުފުލަން ނުޖެހޭގޮތަށް ސަރުކާރުން ކަންކަން ހަމަޖައްސަވާނެކަމަށް މަތީ ތަޢުލީމާ މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ މެލޭޝިއާ ސަރުކާރުން މި ނިންމުން އިޢުލާނުކޮށް ތަންފީޒުކުރުމާ ދެމެދު ދީފައިވަނީ ހަފްތާއެއްހާ ދުވަހުގެ މުއްދަތެއްކަމަށެވެ. އަދި މިކަން މެލޭޝިއާގެ ސަރުކާރުން ރަސްމީކޮށް އަންގާފައި ނެތްކަމަށެވެ. އެހެންކަމުން ކުރިއާލާ އެކަމުގައި ފިޔަވަޅެއް އެޅުމަށް، އެކަމާ މަޝްވަރާކޮށް ގޮތެއް ނިންމުމަށް އަދި އެކަށީގެންވާ ވަގުތު ލިބިފައި ނުވާކަމަށެވެ. ނަމަވެސް މިކަން ސަރުކާރުގެ ސަމާލުކަމަށް އައިސް، މިހާރު މިކަން ގާތުން ބަލަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މެލޭޝިއާގެ ސޭލްސް އެންޑް ޓެކްސްގެ ޤާނޫނަށް ގެނައި ބަދަލުގައި ވަނީ މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން %6 ގެ ޓެކުހެއް ނެގުމަށް ނިންމާފައެވެ. އަދި 1 ޖުލައިން ފެށިގެން މިކަމަށް ޢަމަލުކުރަން ފެށުމަށް އެ ޤައުމުން ވަނީ ނިންމާފައެވެ.

ވަޒީރު ޑރ. ޙައިދަރު ވިދާޅުވީ، މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވަހި ދަރިވަރުން ތަޢުލީމު ހާސިލުކުރާ ޤައުމަކަށްވުމާއެކު، މިކަމުގައި އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރަމުންދާކަމަށެވެ. ވަޒީރު ވިދާޅުވީ މިކަން ދަރިވަރުންނަށް ބުރައަކަށް ނުވާނެހެން ކަންކަން ހަމަޖަސަވާނެކަމަށެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ ސްކޮލަރޝިޕާއި ލޯނުގައި ކިޔަވާ ދަރިވަރުންގެ އިތުރުން، އަމިއްލަ ގޮތުން ކިޔަވަންގޮސް ތިބި ދަރިވަރުންނަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށެވެ.

މެލޭޝިއާ ސަރުކާރުގެ ނިންމުމުގައި ބުނެފައިވާގޮތުން، މި ޓެކްސް ނެގުމަށް ނިންމާފައިވަނީ މެލޭޝިއާގައި ޕްރައިވެޓް އެޑިއުކޭޝަން ސިސްޓަމުގައި ކިޔަވާ ހުރިހާ ބޭރު ދަރުވަރުންގެ އަތުންނެވެ. މީގެތެރޭގައި ޕްރީސްކޫލް، ސްކޫލް، ކޮލެޖު، ޔުނިވަރސީޓީތައް އަދި ލެންގްއޭޖް ސެންޓަރުތަކުގައި ކިޔަވާ ބޭރުގެ ދަރިވަރުންވެސް ހިމެނެއެވެ. މި ޓެކްސް ނަގާނީ ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓް ޚަރަދުކުރާ ދަރިވަރުންގެ އަތުންނެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 2 ލައްކަ 18 ހާސް ރުފިޔާ އަހަރަކު ޚަރަދުކުރާ ކުދިންގެ އަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2

ބޭރު ޤައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕަންޑް މުރާޖަޢާ ކުރަނީ

451652 6d6c190a 2

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރާ މިނިސްޓަރު ހައިދަރު ބައްދަލުކުރައްވައިފި

117

ނޭޝަނަލް ކެރިއާ ސާވިސްގެ އައްޑޫ ގޮފި ރަސްމީކޮށް ހުޅުވައިފި

minister haidar

އައިޔޫއެމްއަކީ އުނގެނުމާއި ދިރާސާކުރުމާއި ތަހުލީލުކުރުމުގައި ފަޚުރުވެރިވާ ޢިލްމީ މުއައްސަސާއެއް: ޑރ. ޙައިދަރު

TTH_advertisement