އިމާރާތްކުރުމުގެ މަސައްކަތުގައި އިންޝުއަރަންސް ކުރުން މަޖުބޫރުކޮށް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދަށް އިސްލާހެއް ކޮންސްޓްރަކްޝަން މިނިސްޓްރީން ގެނެސްފިއެވެ.
މި އިސްލާހާ ގުޅޭގޮތުން އެ މިނިސްޓްރީން ބުނީ، މިފަދަ އިސްލާހެއް ގެނައީ އިމާރާތް ކުރުމުގެ މަސައްކަތުގެ ސަލާމަތާއި، މިފަދަ މަސައްކަތްތަކުން އުފެދިދާނެ ނުރައްކާތަކުން ރައްޔިތުންނާއި، މުދާ ހިމާޔަތް ކުރުމަށްޓަކައި ކަމަށެވެ. އެގޮތުން މި އިސްލާހަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެން ކަމުގައި ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވެއެވެ.
އުމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ 21 މާއްދާގެ (ނ) އަށް އިސްލާހުގެނެސް އަދި 22 މާއްދާގެ (ށ) ގެ ފަހަތައް ވަނީ ނަންބަރެއް އިތުރުކޮށްފައެވެ.
އެގޮތުން 21 ވަނަ މާއްދާގައި (ނ) ގައި ވަނީ އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ވަށައިގެންވާ މާހައުލާއި މަސައްކަތު މީހުންނާއި ހިނގާބިގާވެ އުޅޭ ފަރާއްތަކާއި މީހުންގެ މުދަލާއި އެއްގަމު އުޅަނދު ފަހަރަށް ލިބިދާނެ ގެއްލުމުގެ ބަދަލު ދިނުމައްޓަކައި މިކަންކަން ހިމެނޭގޮތައް އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިމާރާތް ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އެ ފަރާތުން ކުރަމުންދާ މަސައްކަތުގެ އަގަކީ ފަނަރަ ލައްކަ ރުފިޔާ ނަމަ ނުވަތަ އެއަށްވުރެއް ބޮޑު ނަމަ އެ މަސައްކަތައް އިންޝިއުރަންސް ހޯދަން ވާނެ ކަމަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ގެނައި މި އިސްލާހުގައި ވަނީ، އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ވަށައިގެންވާ މާހައުލާއި، މަސައްކަތު މީހުންނާއި، އިމާރާތްތަކާއި، ބިނާތަކާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، މީހުންގެ މުދަލާއި، އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ދިނުމަށް ޓަކައި، ކޮންމެ މަޝްރޫއަކަށް ކަވަރޭޖް ލިބޭގޮތަށް އިންޝުއަރަންސް ކަވަރޭޖެއް ހޯދުން މަޖުބުރޫ ކޮށްފައެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މިއީ އިމާރާތްކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވައި، އެފަދަ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށާއި އާންމުންނަށް ލިބިދާނެ ނުރައްކާތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ހިޔާލު