ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި

LzQFEE1A4CDKY91tdePYoIMMOnPEr4cZKOMQVGdJ

ކުއްލިގޮތަކަށް ނިޔާވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

ޝެއިހް ދުނިޔޭގައި ހުންނެވިއިރު މަސައްކަތް ކުރެއްވި، ހިދުމަތް ޖަމިއްޔާގެ ފަރާތުން އެ ޖަމިއްޔާގެ އިސްނެގުމަށް އަޅާ މި މިސްކިތުގެ ބިންގާ އަޅައިދިނީ، ފަރީދުގެ ފިރިހެން ދެ ދަރިކަލުން، މުޙައްމަދު ފަރީދު އަދި ޢަބްދު ﷲ ފަރީދެވެ.

މި މަހުގެ ނުވަވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އަވަހާރަވި، ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި މިސްކިތެއް އެޅުމަށް، ހިދުމަތް ޖަމިއްޔާއިން ނިންމާފައިވަނީ މި މަހުގެ 11 ވަނަ ދުވަހެވެ.

އަދި މިސްކިތް ބިނާ ކުރުމަށް އާންމުންގެ އެހީއަށް ހުޅުވާލުމުން އެއް ދުވަހުގެ ތެރޭގައި ވަނީ އެކަމަށް ބޭނުންވާ ހަތް ލައްކަ ރުފިޔާ ހަމަވެފައެވެ.

އެހެންވެ އެ ޖަމިއްޔާއިން ވަނީ ޝެއިހްގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް އަޅަން ނިންމާ އެކަން އިއުލާނު ކޮށްފައެވެ.

ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތުގައި މިސްކިތް އަޅާ ސަރަހައްދުގެ އާންމު ރައްޔިތުންނާ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި މިސްކިތް ބިނާކުރުމަށް ދިވެހީންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް އާއިލާއާއި، ހިދުމަތް ޖަމިއްޔާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

kulli khabaru

ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހުން މަރުުވެއްޖެ

IMG 7176 1140x570

ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނަކު މަރުވެއްޖެ

kulli khabaru

މާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ