ކުއްލި ޚަބަރު

ޗައިނާގެ ޗޮންގްޗިންގް އެއާލައިންސްގެ ޚިދުމަތްތައްވެސް ވީއައިއޭގެ އާ ޓާމިނަލަށް

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

ހޯރަފުށީގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފި

3

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައީޑީ ކާޑު) ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހއ. ހޯރަފުށީގައި ފަށައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މިގޮތުން ޑީއެންއާރުން ބުނީ އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާގައި މިއަދު ފަށާފައިވާ ކަމަށާއި، މިއާއެކު ރާއްޖޭގެ 23 ރަށެއްގައި މިހާރު މި ޚިދުމަތް ޤާއިމްކުރެވިފައިވާ ކަމަށެވެ.

ޑީއެންއާރުން ބުނީ އެ އިދާރާއިން އަމާޒުކުރަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ޤާއިމްކުރުމަށް ކަމަށެވެ.

އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Badhuru

މަސްތުވާތަކެތީގެ މައްސަލައެއްގައި ހޯރަފުށިން ދެ މީހަކު ހައްޔަރުކޮށްފި

ކުރިމަގު ސައްލާ: ފުރަތަމަ ބައްދަލުވުން ތިލަދުންމަތީގައި މިއަދު އޮންނާނެ

ހއ.އަތޮޅު މަދުރަސާގައި އޭލެވެލްއަށް ކިޔަވައިދޭން ފަށައިފި

އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ހޯރަފުށީގައި ފަށައިފި

TTH_advertisement