ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ކިޔަން ފަނޑިޔާރުންނަށް ނިކުމެވޭނެ: ޖޭއެސްސީ

”ވަން ޕީސް“ގެ ތަރި ޓެޒް ސްކައިލާ ރާއްޖޭގައި

ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ

ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ފުރަތަމަ ފަހަރަށް ހުޅުމާލޭ ހޮސްޕިޓަލްގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިހާތަނަށް މި ފުރުޞަތު ދަރުމަވަންތަ ހޮސްޕިޓަލްގައި އެކަނި ފަހިކޮށްދިންނަމަވެސް، ސަރުކާރުން މިހާރު ވަނީ މާލޭގެ އިތުރު ހޮސްޕިޓަލަކާއި އަތޮޅުތަކުގައިވެސް އެ ފުރުޞަތު ދެވޭނެ ހޮސްޕިޓަލް ކަނޑައަޅާފައެވެ.

ޑޮކްޓަރުކަން ކިޔަވައިގެން އަންނަ މީހުން ދާއިމީ ޚިދުމަތަށް ނިކުތުމުގެ ކުރިން 1 އަހަރު ދުވަހުގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމެއް ފުރިހަމަކުރަންޖެހެއެވެ. ނަމަވެސް މިހާތަނަށް އިންޓަރންޝިޕް ހެދުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.

މިކަމުގައި ހުރި ޝަކުވާތަކާ ގުޅިގެން ސަރުކާރުން ވަނީ ހުޅުމާލެ ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރެވޭގޮތަށް ހަދާފައެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާރު މިވަނީ ފުރުޞުތު ހުޅުވާލާފައެވެ. އެ ހޮސްޕިޓަލުން ހުޅުވާލާފަވަނީ 15 ފުރުޞަތެވެ. ހުޅުމާލެ ހޮސްޕިޓަލްގެ އިންޓަރން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ގްރެޖުއޭޓުން، ޖޫން 29އިން ފެށިގެން، ޖުލައި 8ގެ 12:00އާއި ހަމައަށް އެކަމަށް އެދި ފޯމު ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިންގެ ޝަރުތުތަކާއި ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލްތައް ގެޒެޓުގައި ވަނީ ހިމަނާފައެވެ.

އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މެއިލްފޮނުވާ ތަރުތީބަށް ކަމަށް އެ ހޮސްޕިޓަލްއިން ފާޙަގަކުރެއެވެ.

ހަމައެކަނި ދަރުމަވަންތަ ހޮސްޕިޓަލްގައި މި ޕްރޮގްރާމް ހިންގުމާއި އަދި ޖާގަ ނުލިބުމުގެ ސަބަބުން އިންޓަރންޝިޕް ފުރިހަމަކުރުމުގައި ދިގު މުއްދަތެއް ހޭދަކުރަންޖެހުމުގެ ޝަކުވާ ދަރުވަރުންގެ އޮވެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްވެސް މިހާރު ކުރިއަށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

އިއްޔެގެ އިހުތިޖާޖުން ނޫސްވެރިއަކު ހައްޔަރެއް ނުކުރޭ: ފުލުހުން

ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި

Minister Ismail Sahafeeu

ސަރުކާރުގެ ސްކޫލަކުން ޖާގަ ނުދެވޭ ހާލަތުގައި މިނިސްޓްރީން ފީދައްކާނެ: މިނިސްޓަރު ޝަފީޢު

387946 1b318cc6 5

ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ކިޔަން ފަނޑިޔާރުންނަށް ނިކުމެވޭނެ: ޖޭއެސްސީ

TTH_advertisement ELL Mobile Advertisement