ކުއްލި ޚަބަރު

މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާ ވެރިން މަރުވެއްޖެ

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ސަރުކާރުގެ ފުރަތަމަ ސްކީމުން 15000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް، 3 މީހުންގެ ހަލާތު ސީރިއަސް، އިތުރު ފަރުވާއަށް މާލެ ގެންނަނީ

Fainu

ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހުންގެ ހާލު ސީރިއަސްވެ މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެމީހުންނަށް ފައިނު ޞިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.

އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމަރ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް ވިދާޅުވީ، އަނިޔާވި ކުޑަ ދެކުދިން އިތުރު ފަރުވާއަށް މާލެ ފޮނުވާލުވާލާފައިކަމަށެވެ. އަދި އަނިޔާވި 18 އަހަރުން މަތީގެ 2 މީހުންގެ ތެރެއިން އެކަކު މާލެ ފޮނުވާލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވި 4 ވަނަ މީހާއަށް މީހާ އުނގޫފާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާކަމަށް ފަޒީލް ވިދާޅުވިއެވެ.

“ކުޑަ ދެކުދިން މާލެ ފޮނުވާލުމަށްޓަކައި މިހާރު ތިބީ އިފުރުގައި. ދެން ތިބި ދެމީހުންގެ ތެރެއިން އެކަކު މާލެ ފޮނުވާލުމަށް އާސަންދަ ހަމަޖެހިފައި ވަނީ. ޓްރާންސްޕޯޓް ހަމަޖެހުމާއެކު ފޮނުވާލަންވީ.” ފަޒީލް

ފަޒީލް ވިދާޅުވީ އަނިޔާވި 4 މީހުންގެ ހާލަތުވެސް ސީރިއަސްކަމަށެވެ.

ރޭ 9:30 ހާއިރު ފައިނުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުވެގޮސް މަގުމަތީ ހިނގާފައިދިޔަ ބައެެއްގެ ގައިގައި ޖެހިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

އަމީނީމަގުގައި އެކްސިޑެންޓެއް ވެ 11 އަަހަރުގެ ކުއްޖަކަށް އަނިޔާވެ ފަރުވާ ދެނީ

ތިނަދޫ ސިޓީގައި ސައިކަލުންޖެހުނު ކުއްޖާގެ ހާލު އަންނަނީ ރަނގަޅު ވަމުން

ރޭގެ އެކްސިޑެންޓުގައި އަނިޔާވި 40އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި!

ފީނަން މޫދަށް އެރުނު އެމެރިކާ ޓޫރިސްޓަކު މަރުވެއްޖެ

TTH_advertisement