ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން އެއްކޮށް ހުއްޓާލާ، ކާމިޔާބީ އަވަސްވާނީ އޭރުން: ބެން-ގްވީރް

ޣައްޒާއަށް އެއްވެސް ވަރަކަށް އިންސާނީ އެހީ އެތެރެކުރިޔަ ނުދޭން، އިސްރާއީލު ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތަމާރް ބެން-ގްވީރް ގޮވާލައިފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ބެން-ގްވީރް ބުނެފައިވަނީ، ޣައްޒާއަށް މިހާރު އެތެރެކުރާ ލިމިޓެޑް އިންސާނީ އެހީއަކީ ބޮޑު ބަދުނާމެއް ކަމަށެވެ. އޭގެ ސަބަބުން އިސްރާއީލަށް ލިބެނީ ގެއްލުން ކަމަށެވެ.

އޭނާ ބުނީ، ބޭނުންވަނީ އިންސާނީ އެހީ ޣައްޒާއަށް އެތެރެކުރުން ވަގުތީގޮތުން ހުއްޓުވަން ނޫން ކަމަށާއި، ޣައްޒާއަށް އެއްވެސް ވަރަކަށް އިންސާނީ އެހީ އެތެރެނުކޮށް މުޅިން އެކަން ހުއްޓުވުމަށް ކަމަށް، ބެން-ގްވީރް ބުނެފައި ވެއެވެ.
އިތަމާރް ބެން-ގްވީރް ބުނެފައިވަނީ، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުމާ ދެކޮޅުހަދައި މީގެ ދޮޅުމަހެއް ކުރިން ވޯޓުދިނީ އޭނާ އެކަނި ކަމަށާއި، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުމަކީ ހަމާސްއަށް “ދިރުން” ލިބޭނޭ ކަމެއް ކަމަށް އޭނާ އޭރުވެސް ބުނަމުންދިޔަ ކަމަށެވެ.

އޭނާ އެ ވާހަކަ ދެއްކީމާ ބަޔަކު މަލާމާތް ކުރި ކަމަށްވެސް ބެން-ގްވީރް ބުނެފައި ވެއެވެ.

އޭނާ މިހާރުވެސް ތުހުމަތު ކުރަނީ، ޣައްޒާއަށް އެތެރެކުރާ ކާބޯތަކެއްޗާއި، އެހީގެ ސަމާނު ހަމާސްއިން އަތުލާ ކަމަށާއި، ހަމާސްގެ ދެމިއޮތުމަށް އޭގެ ބޭނުންކުރާ ކަމަށެވެ.
އިސްރާއީލުން އީރާނަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމުން އެކަމާ ހިތްހަމަ ނުޖެހިފައި ހުރި ބެން-ގްވީރް ބުނެފައިވަނީ، ޣައްޒާއަށް އެތެރެކުރާ އިންސާނީ އެހީ މުޅީން ހުއްޓުވުމުން ކާމިޔާބީއަށް ވާސިލްވުން އަވަސްވެގެންދާނެ ކަމަށެވެ.
މިމައްސަލަ ދެން އޮންނަ ކެބިނެޓް ބައްދަލުވުމަށް ހުށަހަޅައި، ވޯޓެއް ނެގުމަށް ބޮޑުވަޒީރު ނަތަންޔާހޫއަށް ހުށަހަޅާނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އީރާނަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލަން ޖެހުމުން، އިސްރާއީލުން މިހާރުވަނީ ޣައްޒާއަށް ދޭ ހަމަލާތައް ވަރަށް ވަރުގަދަ ކޮށްފައެވެ. ނަތަންޔާހޫއާއި، ބެން-ގްވީރާއި، ނަތަންޔާހޫގެ ސަރުކާރުގެ ވެރިން ބުނަމުންގެންދަނީ، ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލު އެންމެން މިފަހަރު މިނިވަން ކުރާނޭ ކަމަށެވެ. އިސްރާއީލުގެ ގައިދީން މިނިވަން ކުރުމަށް މުޅި ޣައްޒާ ހިފައި، ސުންނާފަތިކޮށް އަދި މަރަންޖެހޭ ބަޔަކު މަރާފައިނަމަވެސް އެކަން ކުރާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ދ ދިރާސާ
ޔާ الله ތިހެރަ ނުލަފާ މީހާގެ ދުވަސް އިސާހިތަކު ނިކަން ހިތިކޮށް ނިންމަވާންދޭވެއެވެ. އާމީން

ގުޅުންހުރި

ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ މިލްކަކަށް ހެދުން ރާއްޖެއިން ކުށްވެރިކޮށްފި

ރަމަޟާން މަހަށް ގުދުސްއާއި، އަގްސާ މިސްކިތް ޒީނަތްތެރިކުރުން މަނާކޮށް، އެތައް ބަޔަކު މިސްކިތަށް ނުވަންނަން އަންގައިފި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ