ފާއިތުވި ދެ އަހަރާ އަޅާބަލާއިރު، ވެހިކަލް ރަޖިސްޓްރީކުރުމުގެ މިންވަރު 74.6 އިންސައްތައިން ދަށަށް ގޮސްފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ހާމަކުރައްވައިފިއެވެ. ވަޒީރު މިކަން ފާހަގަކުރެއްވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މާލެ ސަރަޙައްދަކީ ދިވެހިރާއްޖޭގެ އެންމެ ތޮއްޖެހުން ބޮޑު ސަރަޙައްދެވެ. މާލޭގައި 100,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވެއެވެ. ތޮއްޖެހުމުގެ މައްސަލަ ގޯސްވެގެން ދިޔައީ މާލޭގެ ޖާގައަށްވުރެށްވުރެ އިތުރަށް ވެހިކަލް ރަޖިސްޓްރީކުރުމާއި، ހަލާކުވެފައިވާ އަދި ބޭނުންނުކުރާ ވެހިކަލްތައް މަގުމަތީގައި ދޫކޮށްލުމުގެ ސަބަބުންނެވެ.
ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ކޮންމެ ސިޓީއެއްގައި ނުވަތަ ރަށެއްގައި ވެހިކަލް ގެންގުޅެވޭނެ އަދަދު ކަނޑައަޅާނީ އެތަނެއްގެ ސިޓީ ކައުންސިލުން ނުވަތަ ރަށު ކައުންސިލުންކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، މާލެ ސިޓީ ކައުންސިލާ ތަކުރާރުކޮށް މަޝްވަރާކުރުމުންވެސް، މާލޭގެ ކެރިން ކެޕޭސިޓީ ނުވަތަ އުޅަނދު ބޭނުންކުރެވޭނެ މިންވަރު އަދިވެސް ކަނޑައެޅިފައިނުވާކަން ފާހަގަކުރެއްވިއެވެ.
މިވަގުތު އެންމެ ބޮޑު މައްސަލައެއް ދިމާވެފައިވަނީ މާލެ ސަރަޙައްދުގައިކަން ފާހަގަކުރައްވައި، ވަޒީރު އަމީން ވިދާޅުވީ މާލެ ސަރަޙައްދަށް ވެހިކަލް އެތެރެކުރުމުގައި އެއްވެސް މިންގަނޑެއް ނެތި ކުރިއަށް ގެންދިއުމުގެ މައްސަލަ މިހާ ހިސާބަށް ގޮސްފައިވަނީ، ކުރީގެ އިދާރާތަކުން ޤާނޫނާއި ގަވާއިދާ ޚިލާފަށް އެތައް ކަމެއް ހިންގުމަށް ފުރުޞަތު ދީފައިވާތީކަމަށެވެ.
އެހެންނަމަވެސް، ޤާނޫނުގެ ތެރެއިން މަސައްކަތްކުރެވުނުނަމަ މާލޭގެ މައްސަލަ މިހާ ހިސާބަށް ނުދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޤާނޫނާއި ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ވެހިކަލް ރަޖިސްޓްރީކުރާ މިންވަރު މަދުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑު ޔަޤީންކަމާއެކު ދަންނަވަން، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް އެއްވެސް ވެހިކަލެއް ރަޖިސްޓްރީކުރުމުގެ ފުރުޞަތެއް ދީފައިނުވާނެއެވެ. އަދި އަޅުގަނޑުގެ ދައުރުގައި އެފަދަ ކަމަކަށް ޖާގައެއް ނުދޭނަމެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2023 އަދި 2024 ވަނަ އަހަރު އަޅާބަލާއިރު ވެހިކަލް ރަޖިސްޓްރޭޝަން 74.6 އިންސައްތަ ދަށްވެފައިވެއެވެ. މިއީ ޤާނޫނާއި ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމުން ކުރިއެރުން ލިބެމުންދާކަމުގެ ހެއްކެކެވެ.” ވަޒީރު އަމީން
އިތުރަށް ވަޒީރު މުޙައްމަދު އަމީން ހާމަކުރެއްވި ގޮތުގައި، އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން، ރަޖިސްޓްރީކުރާނެ ގަރާޖެއް ނެތި އެއްވެސް ވެހިކަލެއް ރާއްޖެއަށް އެތެރެނުކުރެވޭނެއެވެ. މީގެ އިތުރުން، ވިޔަފާރި އުސޫލުން ވެހިކަލް އެތެރެކުރާ ފަރާތްތަކުންވެސް އެ ތަކެތި ބަހައްޓާނެ ތަނެއް ހަމަޖައްސަންޖެހޭނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ފިޔަވަޅުތަކަކީ މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި، ވެހިކަލްތަކުގެ ސަބަބުން ކުރިމަތިވާ ތިމާވެށީގެ އަދި އިޖްތިމާޢީ މައްސަލަތައް ޙައްލުކުޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. މި ސިޔާސަތުތަކުގެ ސަބަބުން، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވާނެކަމަށް އުންމީދުކުރެވެއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އެކަނި މަސައްކަތްކުރުމުން ފުދޭނެކަމަށް ނުބެލެވެއެވެ. މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ރައްޔިތުން އަދި ވިޔަފާރިވެރިން، މި މަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދިނިނުމަކީ މުހިންމު ކަމެކެވެ. އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމާއި، ދުއްވާ އުޅަނދުތަކުގެ ބަދަލުގައި ދުވުމާއި ސައިކަލު ބޭނުންކުރުން ފަދަ ތިމާވެއްޓާ ރައްޓެހި އާދަތައް އަށަގެންނެވުމަކީ މުހިންމު ކަމެކެވެ.
ނިންމާލަމުން ވަޒީރު އަމީން ވިދާޅުވީ، މި ދާއިރާގައި ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ތށް އޮތް ތަނުގައި އިތުރު ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށެވެ. އަދި މި މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު