ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

މާލޭގައި ދިރިއުޅެމުން ތިނަދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ނެގިކަން ހާމަވެއްޖެ

Whatsapp image 2025 06 25 at 10.24.55
ޖީޒާ ހަސަން

ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ޖީޒާ ހަސަން މާލޭގައި ދިރިއުޅެމުން ތިނަދު ކައުންސިލްގެ ބަޖެޓުން ގިނަ އަދަދެއްގެ ފައިސާ އެލަވަންސްގެ ގޮތުގައި ނެގިކަން ހާމަވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ޖީޒާ އެ ފައިސާ ނެގިކަން ހާމަވީ އެލްޖީއޭ އިން މިއަދު ނެރުނު ރިޕޯޓަކުންނެވެ.

ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަކީ ރަށުގައި ތިބެގެން ޚިދުމަތް ކުރަންޖެހޭ ބައެކެވެ. ނަމަވެސް މާލޭގައި ހުރެ ބައްދަލުވުންތަކުގައި ޖީޒާ ބައިވެރިވަނީ އޮންލައިން ކޮށެވެ.

ނުހައްގުން ޖީޒާ ނެގި ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކައި ޚަލާސްކުރުމަށް ވެސް އެލްޖީއޭ އިން މިއަދު ވަނީ އޭނާއަށް އަންގާފައެވެ.

މީގެއިތުރުން އެލްޖީއޭ އިން ވަނީ ތިނަދޫ ކައުންސިލް މެންބަރު އައިޝަތު ލިޔުޝާ ޒުބައިރު ފިޔަވައި އެހެން ހުރިހާ ކައުންސިލަރުން ވެސް ނުހައްގުން ފައިސާ ނެގި ކަމަށް ބުނެފައެވެ. ތިނަދޫ ސިޓީއަކަށް ބަދަލުވުމުގެ ކުރިން ތިމަންނާ މެންނަކީ ސިޓީ ކައުންސިލްގެ މެންބަރުން ކަމަށް އަމިއްލައަށް ނިންމައި ސިޓީ ކައުންސިލަރުންގެ މުސާރަ އެ ބޭފުޅުން ވަނީ ނަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޖ ޖަޖު
ކޮންބައެއް ރަށުގައި ތިބެނީ. ކައުންސިލަރުންވެސް އުޅެނީ ވިޔަފާރި ދަތުރުތަކުގައި މާލޭގައާއި ބެންކޮކްގަ. އަދިވެސް ގިނަކުރަންވީއެއްނު މަގާމުތަކާއި އެކި ބޮޑީތައް. ކުރާނެ ކަމެއް ނޭނގިގެން ޗުއްޓީހަދާލަން ދަތުރުކޮށްލަކޮށްލާ ތިބެނީ.

ގުޅުންހުރި

990

ރެކޯޑް ނުބަލަހައްޓާނަމަ މާލޭގައި ދިރިއުޅުނު ކަމުގެ ލިޔުން ދޫނުކުރަން އެލްޖީއޭ އިން ކައުންސިލްތަކަށް އަންގައިފި

ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ލޯކަލް ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފަށައިފި

Default

ފައިސާއަށް ހަށިވިއްކި ދެ މީހަކު ތިނަދޫން ހައްޔަރުކޮށްފި

TTH_advertisement