ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ހުކުރު ދުވަސްތަކުގެ ހެނދުނު 6 އިން 9 އަށް ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަނީ

367377 3 4156eae62fe66976782e037272fd7f0f83deb50b large
މާލޭގެ އަމީނީ މަގުގައި ވެހިކަލްތަކެއް — ފޮޓޯ: މިހާރު

ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 6:00 އިން 9:00 އަށް މާލެ އާއި ވިލިމާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާ ގޮތަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ކުޑަކުދިން ގެއިން ބޭރަށް ނުކުމެ، މަގުމަތީގައި ކުޅެ އުޅުމުގެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ.

މާލެ ތެރޭގައި ކުދިންނަށް ކޮންމެވެސް ވަރެއްގެ ރައްކާތެރި މާހައުލަކަށް ނުކުމެ އުޅުމުގެ ފުރުސަތު ލިބޭނެ އެއް ގޮތަކީ ހުކުރު ދުވަހު ވަކި ވަގުތުތަކަކަށް ބައެއް މަގުތައް ބަންދުކޮށްގެން ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެ މަޝްވަރާގެ ތެރެއިން ކައުންސިލަރު ސައިފް ފާތިހު ހުށަހަޅުއްވާފައިވަނީ ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 6:00 އިން 9:00 އަށް ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާ ގޮތަށް ހެދުމަށެވެ. ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ސައިފްގެ ހުށަހެޅުއްވުން ފާސްކޮށްފައެވެ.

ކައުންސިލުން އެގޮތަށް ފާސްކުރި ނަމަވެސް، އެގޮތަށް ބަދަލު ގެނައުމުގެ ކުރިން ފުލުހުންނާ މަޝްވަރާކުރުމަށް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Male city council

ނައްތާލަން ބޭނުންވާ ބައު މުސްހަފުތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

councilor nahula ali

ނަހުލާ ރަސްމީ ލިޔެކިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

މާލޭ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

male city

ގޭގެ ނަންބޯޑު ފެންނަގޮތަށް ހަރުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި

TTH_advertisement